twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އޮފީސް ޖަޔަންޓްސް ކަޕްގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފި

Mar 2, 2015

ޒިގްޒެގް އިންޓަރ އޮފީސްގެ ގަދަ 8 ޓީމަށް ހުޅުވާލައިގެން ބޭއްވި އޮފީސް ޖަޔަންޓްސްގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފި އެވެ.

ފެބްރްއަރީ 20 އިން މާރޗް 1 އަށް އެސްޓީއޯ ނޫފަހި އެރީނާގައި ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލު މެޗުގައި ރޭ ކުޅުނު ދިރާގު އަދި ހޮސްޕިޓަލް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ކުރީކޮޅު ދިރާގުގެ އަސްވަދު ނަގައިދިން ކޯނަރަކުން ފުރަތަމަ ލަނޑު ޖަހައިދިނީ ދިރާގުގެ ސިނާން އިބްރާހިމް އެވެ.

ދިރާގުން ލަނޑު ޖެހުމާއެކު ހޮސްޕިޓަލްގެ ކުޅުން ރަނގަޅުކޮށް ކައިރި ކައިރީ ދެ ލަނޑު ވަނީ ޖަހާފަ އެވެ. މިގޮތުން މުހައްމަދު އަހްމަދު (ޓޯނާ) އަދި އަސްލަމް މުހައްމަދު (ލަމްބޯ) ފޮނުވާލި ދެ ބޯޅަ ވަނީ ގޯލުގެ ތެރެއަށް ވަދެފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ހޮސްޕިޓަލް ޓީމުން އުފެއްދި ހަމަލާއެއް ދިފާއު ކުރުމުގެ ތެރޭގައި ދިރާގުގެ މުޖީބް އަލީގެ ފައިގައި ޖެހި ބައިކޮޅަށް ލަނޑެއް ވަދެ ނަތީޖާ ވަނީ 3-1 އަށް ބަދަލުވެފަ އެވެ. ނަމަވެސް ދިރާގުން ޓައިމް އައުޓެއް ނަގައި ކުޅުން ރަނގަޅުކޮށް މެޗުގެ ފަހު 10 މިނެޓްގެ ތެރޭގައި ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށް ޕެނަލްޓީއަށް ގެންގޮސްފަ އެވެ.

ދިރާގުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން 3 ޕެނަލްޓީ ކާމިޔާބުކުރިއިރު ހޮސްޕިޓަލް ޓީމުން ޖެހި 4 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ ވަނީ ދިރާގުގެ ކީޕަރ މުހައްމަދު އަލީ (ރެޑޭ) ދިފާއު ކޮށްފަ އެވެ. މެޗު ނިމިގެން ދިޔައީ 6-5 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮސްޕިޓަލް ޓީމުގެ އަސްލަމް މުހައްމަދު ހޮވުނުއިރު މުބާރާތުގައި 21 ލަނޑު ޖަހައިގެން ރަންބޫޓް ހާސިލްކުރީ ފަޔަރ ޓީމުގެ އަހްމަދު ޤާސިމް (ކުމާ) އެވެ. މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ދިރާގުގެ ކީޕަރ މުހައްމަދު އަލީ (ރެޑޭ)، އެ ޓީމުގެ އަހްމަދު ދާއޫދު (ފޯއްޅެ)، ހޮސްޕިޓަލް ޓީމުގެ އަސްލަމް މުހައްމަދު (ލަމްބޯ)، އެ ޓީމުގެ އަބޫބަކުރު އާދަމް (ބާޑޭ) ގެ އިތުރުން ފަޔަރ ގެ އަހްމަދު ޤާސިމް (ކުމާ) އެވެ.

މި މުބާރާތަކީ އިސްމާއިލް އަހްސަން ބޮޑުރުއްދޮށުގެ އިންތިޒާމްކޮށް ރާވަފައިވާ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355