twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރިއަލް މެޑްރިޑް ހަނި ގޮތަކަށް ކުއާޓަރއަށް ދަތުރުކުރިއިރު ޕޯޓޯއަށް ފަސޭހަ މޮޅެއް

Mar 11, 2015

ރިއަލް މެޑްރިޑް ހަނި ގޮތަކަށް ކުއާޓަރއަށް ދަތުރުކުރިއިރު ޕޯޓޯ ފަސޭހަކަމާއެކު ކުއާޓަރއަށް ދަތުރުކޮށްފި އެވެ.

ޝާލްކޭގެ ދަނޑުގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރި ނަމަވެސް ފަހަކަށް އައިސް ގިނަ މެޗުތަކަކުން ވަރަށް ދަށް ކުޅުމެއް ދައްކާފައިވާ ރިއަލް މެޑްރިޑް ވަނީ ރޭ އަމިއްލަ ދަނޑުގައި 4-3 އިން ބަލިވެފަ އެވެ. މި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވާ ޝާލްކޭއިން މެޗުގެ ކުރީކޮޅު ލަނޑު ޖަހައި ލީޑު ނެގިއިރު ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-2 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ވެސް ކުރީކޮޅު ދެ ޓީމުންވެސް ލަނޑު ޖަހާފައިވާއިރު މެޗުގެ 84 ވަނަ މިނެޓްގައި ޝާލްކޭއަށް ރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން ހަންޓެލާ ވަނީ ޝާލްކޭއަށް ލަނޑެއް ޖަހައިދީ ރިއަލް މެޑްރިޑް ޕްރެޝަރަށް ވައްޓާލައިފަ އެވެ. އިތުރު ލަނޑުތައް ޝާލްކޭއަށް ޖަހައިދިނީ ލެރޯއީ ސާނޭ އަދި ކްރިސްޓިއަން ފަޗްސް އެވެ.

ވޭތުވެދިޔަ ހަފްތާ ގޯލް ޑޮޓް ކޮމް އިން ހޮވި ދުނިޔޭގެ އެންމެ މުއްސަނދި ކުޅުންތެރިޔާއަށް ހޮވުނު ރޮނާލްޑޯ ވަނީ ރޭގެ މެޗުގައި ދެ ލަނޑު ޖަހައި 78 ލަނޑާއެކު ޔޫރަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފަ އެވެ. ރޭ ގެ މެޗު ނިންމުމަށްފަހު ރޮނާލްޑޯ ވަނީ ދެން ސީޒަން ނިމުމުގެ ކުރިން ޕަބްލިކްގައި ވާހަކަ ނުދެއްކުމަށް ވައުދު ވެފަ އެވެ. މެޑްރިޑުން ޖެހި އަނެއް ލަނޑު ކާމިޔާބުކުރީ ބެންޒީމާ އެވެ.

ބުރާހިމީ، ހެރޭރާ، ކަސެމީރޯ އަދި ވިންސެންޓް އަބޫބަކުރު ކާމިޔާބު ކޮށްދިން ލަނޑުތަކުން ޕޯޓޯ ވަނީ 4-0 އިން ބަސެލް ބަލިކޮށް ކުއާޓަރއަށް ދަތުރުކޮށްފަ އެވެ. ބަސެލްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިރޭ 00:45 ގައި ދެ މެޗު ކުޅޭއިރު 0-0 ގެ އެގްރިގޭޓަކުން އެއްވަރުވެފައި އޮތް ބަޔާން މިއުނިކު އަދި ޝަކްތަރު ބައްދަލުކުރާ މެޗު ކުޅޭނީ ބަޔާންގެ އަލައަންޒް އެރީނާގަ އެވެ. އަދި 1-1 ގެ އެގްރިގޭޓް ސްކޯރ އަކުން އެއްވަރުވެފައި އޮތް ޗެލްސީ އަދި ޕީއެސްޖީގެ މެޗު ކުޅޭނީ ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355