twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޗެލްސީ ކަޓުވާލުމަށްފަހު ޕީއެސްޖީ ކުއާޓަރއަށް

Mar 12, 2015

އަވޭ ގޯލުން ޗެލްސީ ކަޓުވާލުމަށްފަހު ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރޭ ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގައި ކުޅުނު މެޗު އިތުރު ވަގުތުގެ ކުޅުމަށްފަހު ނިމިގެން ދިޔައީ 2-2 އިންނެވެ. ވޭތުވެ ދިޔަ ސީޒަނުގެ ވެސް ދެވަނަ ބުރުގައި ބައްދަލުކުރި މި ދެ ޓީމު މި ދިޔަ ސީޒަނުގައި އަވޭ ގޯލުގެ އުސޫލުން ކާމިޔާބުކުރީ ޗެލްސީ އެވެ.

1-1 ފުރަތަމަ ލެގު ނިމިފައި އޮތްއިރު ރޭ ގެ މެޗުގެ 31 ވަނަ މިނެޓްގައި ޕީއެސްޖީގެ ތަރި އިބްރާހިމޮވިޗު ކުރި އާދައިގެ ޓެކުލަކަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާފަ އެވެ. ނަމަވެސް މެޗުގެ ބޮޑުބައި 10 މީހުންނާއެކު ކުޅުނު ޕީއެސްޖީން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

މެޗުގެ 81 ވަނަ މިނެޓްގައި ގެރީ ކެހިލް ލަނޑެއް ޖަހައި ޗެލްސީ އަށް ލީޑު ނަގައިދިން ނަމަވެސް ވޭތުވެދިޔަ ސީޒަނުގައި ޗެލްސީ ކުއާޓަރއަށް ގެންގޮސްދިނުމަށް ލަނޑު ޖަހައިދިން ޑިފެންޑަރ ޑޭވިޑް ލުއިޒް ވަނީ 86 ވަނަ މިނެޓްގައި ކޯނަރަކުން ބޮލުން ލަނޑެއް ޖަހައި އެއްވަރުކޮށް އިތުރު ވަގުތުގެ ކުޅުމަށް ގެންގޮސްފަ އެވެ.

އިތުރު ވަގުތުގެ ކުޅުމުގެ 96 ވަނަ މިނެޓްގައި ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައިގައި އަތް ލުމުން ލިބުނު ޕެނަލްޓީ އެއް ކާމިޔާބު ކޮށްދިނީ އެޑެން ހަޒާޑް އެވެ. ނަމަވެސް މެޗު ނިމެން 6 މިނެޓަށް ވެފައި ވަނިކޮށް ތިއާގޯ ސިލްވާ ވަނީ ކޯނަރަކުން ބޮލުން ޖަހައި ލަނޑެއް ކާމިޔާބުކޮށް ޗެލްސީ ކަޓުވާލާފަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ބަޔާން މިއުނިކުން އިން ވަނީ ފަސޭހަ ކަމާއެކު 7-0 އިން ޝަކްތަރު ބަލިކޮށްފަ އެވެ. މި މެޗުގެ 4 ވަނަ މިނެޓްގައި ޝަކްތަރުގެ ޑިފެންޑަރ އޮލެކްސެންދަރ ކުޗަރ އަށް ވަނީ ރަތް ކާޑެއް ދައްކާ ބަޔާން އަށް ޕެނަލްޓީ އެއް ދީފަ އެވެ.

މި މެޗުގައި މުލާ ދެ ލަނޑު ޖަހާފައިވާއިރު އިތުރު ލަނޑުތައް ޖަހައިދިނީ ބޯޓެންގް، ގޮޓްޒޭ، ރިބެރީ، ލެވަންޑޯސްކީ އަދި ބޭޑްސްޓޫބާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355