twitterviber whatsapp telegramfacebookyoutube instagram
14th October 2026

މައިލޯ ކުލަބް މޯލްޑިވްސް ކަޕް ފަށައިފި

Mar 17, 2015

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކުލަބް މޯލްޑިވްސް ފުޓްސަލް ކަޕް ރޭ ފައްޓައިފި އެވެ.

ރޭ މި މުބާރާތުގައި ޖުމްލަ ދެ މެޗު ކުޅުނުއިރު ފިރިހެން ބައިގެ މެޗު ފެނަކައިން ކާމިޔާބުކުރީ 2-1 އިން އެފްއެސްއެމް ބަލިކޮށްގެންނެވެ. އަދި އަންހެން ބައިގެ މެޗު 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސިފައިންގެ ކުލަބުން ކާމިޔާބުކުރީ ދިރާގު ގާލްސްއާ ވާދަކޮށްގެންނެވެ.

މާފަންނު ސްޓޭޑިއަމްގައި ކުޅެވޭ މި މުބާރާތް ރޭ ހުޅުވާ ދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދި ފަސްޓް ލޭޑި ފާތިމަތު އިބްރާހިމް އެވެ.

މިއީ މުބާރާތް ބާއްވާ 10 ވަނަ ފަހަރެވެ. 14 މާރޗުއިން 18 އޭޕްރިލްއަށް ކުރިއަށްދާ މިފަހަރުގެ މުބާރާތުގެ ފިރިހެން ބައިގައި މިފަހަރު ޖުމްލަ 36 ޓީމު ވާދަކުރާއިރު އަންހެން ބައިގައި ޖުމްލަ 12 ޓީމް ވާދަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293