twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އަންހެނުންގެ ފުޓްސަލް މުބާރާތުގައި 5 ޓީމަކުން ބައިވެރިވެއްޖެ

Mar 23, 2015

ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ފުޓްސަލް މުބާރާތުގައި 5 ޓީމަކުން ބައިވެރިވެއްޖެއެވެ.

މި މުބާރާތް އިންތިޒާމްކުރާ ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓި ފޯރ ކުޅުދުއްފުށީ ޔޫތް އިން މި ނޫހަށް މައުލޫމާތު ދެއްވަމުން ބުނީ އިއްޔެއާ ހަަމައަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނުއިރު މުބާރާތުގައި ބައިވެރިވެފައިވަނީ 5 ޓީމުކަމަށެވެ.

މި މުބާރާތް ފެށެމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 27 ވަނަ ދުވަހު ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

ވުމަން އޮޓޯ ޕާރޓްސް ޕްލަސް ފުޓްސަލް ޓޯނަމެންޓްގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 5000 ރުފިޔާގެ ފައިސާ އިނާމާއި ރަން މެޑަލް ދިނުމަށް ހަމަޖެހިވާއިރު ރަނަރަޕް ޓީމަކަށް 3000 ރުފިޔާ އާއި ރިހި މެޑަލް ދިނުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ކޮންމެ މެޗެއްގައި ކްއީން އޮފް ދަ މެޗް ހޮވާ ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާ ޓްރޮފީ ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ޓޮޕް ސްކޯރާ ވެސް ހޮވާނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ އަންހެނުންނަށް ހުޅުވާލައިގެން ކުރިއަށް ދެންދިއުމަށް ހަމަޖެހިފައިވާ މި ފުޓްސަލް މުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގައި ފުޓްބޯޅަ ދިރުވާ އަންހެނުން ކުޅިވަރަށް ލޯބި ޖެއްސުން ކަމަށް ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355