twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކޭވައިއާރްސީ އިން ހޯދައިފި

Apr 5, 2015

 

އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކޭވައިއާރްސީ އިން ހޯދައިފި އެވެ.

ޒޯން ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗު ކޭވައިއާރްސީން އިން ކާމިޔާބުކުރީ ސްޓޯން ކުއީން 3-1 އިން ބަލިކޮށްގެންނެވެ.

ރޭ ގެ މެޗުގެ 5 ވަނަ މިނެޓްގައި ސްޓޯން ކުއީން އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ފުރަތަމަ ހާފު 1-0 ގެ ލީޑުގައި ކުއީން އިން ހިފަހައްޓާފައި އޮތް ނަމަވެސް ދެވަނަ ހާފުގައި ކޭވައިއާރްސީން ވަނީ ކުޅުން ވަރުގަދަ ކޮށްފަ އެވެ. މިގޮތުން މެޗުގެ 29 ވަނަ މިނެޓްގައި ކޭވައިއާރްސީގެ ރާޝިދާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މި މެޗުގައި ކޭވައިއާރްސީއަށް ލީޑު ހޯދައިދިނީ މެޗުގެ 32 ވަނަ މިނެޓްގައި މިލްނާ އެވެ. އަދި 39 ވަނަ މިނެޓްގައި ނަސީމާ ވަނީ އިތުރު ލަނޑެއްޖަހައި އެ ޓީމަށް ތަށި ކަށަވަރުކޮށްދީފަ އެވެ.

މެޗު ގެ މޮޅު ކުޅުންތެރިޔަކަށް އަދި 9 ގޯލު ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭވައިއާރްސީ ގެ ކެޕްޓަން ރާޝިދާ މޫސާ އެވެ. މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ކޭވައިއާރްސީގެ ރާޝިދާ، ޚަދީޖާ އަބޫބަކުރު، ސްޓޯން ކުއީންގެ މައިމޫނާ ހަސަން އާއި އެ ޓީމުގެ ކީޕަރ އައިމިނަތު ރަހުމާގެ އިތުރުން އެސް.ސީ ރިގްލްސްގެ ސަރޫނާ މުހައްމަދެވެ.

މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ކޭވައިއާރްސީ ހޮވުނުއިރު ޗެމްޕިއަން ޓީމަށް 5000 އަދި ރަނަރއަޕް ޓީމަށް 3000 ރުފިޔާ ހުށަހެޅިފައިވެ އެވެ. މި މުބާރާތް އިންތިޒާމް ކުރީ ސޮސައިޓީ ފޯރ ކުޅުދުއްފުށި ޔޫތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355