twitterviber whatsapp telegramfacebookyoutube instagram
25th May 2026

މުހައްމަދު އާދަމް ކަޕްގެ ޗެމްޕިއަންކަން ޔޫތު ފުރެންޑްސް އިން ހޯދައިފި

Apr 12, 2015

ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން އިންތިޒާމް ކޮށްގެން އެ ޖަމިއްޔާގެ މެންބަރު މުހައްމަދު އާދަމް ގެ ހަނދާނުގައި ކުޅެވޭ މުހައްމަދު އާދަމް ކަޕް 2015 ގެ ޗެމްޕިއަންކަން ޔޫތު ފުރެންޑްސް އިން ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗު ޔޫތު ފުރެންޑްސް އިން 5-2 އިން އަހުލީ ބަލިކޮށް ޗެމްޕިއަންކަން ހޯދިއިރު މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި 7 ވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. މިއީ މި މުބާރާތް ބޭއްވުނު ނުވަ ވަނަ ފަހަރެވެ.

ހަނިމާދޫ ފުޓްސަލް އެރީނާގައި ކުޅެވުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ޔޫތު ފުރެންޑްސް ގެ ހަސަން ޝަރީފު(ހަސަންޑީ) ހޮވުނުއިރު މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޔޫތު ފުރެންޑްސްގެ އާލިފް އިބްރާހިމް، އަހުލީ ޓީމުގެ ކީޕަރ ހުސައިން އަލީ އާއި އެ ޓީމުގެ އަލީ ހުސައިން އާއި ދަ ބެއަރ ފުޓްގެ އަލީ އިބްރާހިމްގެ އިތުރުން ރިއަލް ސްޓާރސްގެ ސުހުރާބް އަބްދުލް ލަތީފް އެވެ.

3-11 އެޕްރީލް އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ 16 ޓީމު ވާދަކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355