twitterviber whatsapp telegramfacebookyoutube instagram
1st September 2025

ވިދިވިދިގެން ދެެވަނަ ފަހަރަށް ނެޓްބޯޅަ މުބާރާތުގެ ތަށި ޓޮޕާޒް ހައުސް އުފުލާލައިފި

Apr 12, 2015

ޖަލާލުއްދީން ސްކޫލްގެ 16 ވަނަ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ތަށި ވިދިވިދިގެން ދެވަނަ ފަހަރަށް ޓޮޕާޒް ހައުސް ހޯދައިިފި އެވެ.

ޓޮޕާޒް ހައުސް ޗެމްޕިއަންކަން ހޯދާފައިވަނީ އިއްޔެ އެމަރަލްޑް ހައުސްގެ މައްޗަށް 23-10 ޕޮއިންޓުގެ ކުރިއެރުމެއް ހޯދައިގެންނެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމައި ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޓޮޕާޒް ހައުސްގެ ސެންޓާރ ޝިއުނާ އަބްދުއްރަހުމާނެވެ.

ރަނަރަޕަށް ދިޔަ އެމްރަލްޑް ހައުސް އަށް ތަށި ހަވާލުކޮށްދެނީ–

މި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީސަފާޔަރ ހައުސްގެ އަނޫޝާ އަބްދުﷲ ތައުފީގާއި ހައްވާ ރިފްނާއާއި ޓޮޕާޒް ހައުސްގެ ޝިއުނާ އަބްދުއްރަހްމާނާއި ނަޝާ ނިޒާރާއި ފާތިމަތު ރިފާއާއި ޝަމްހާ ޢަލީ އަދި އެމަރަލްޑް ހައުސްގެ ހަނާން މުހައްމަދު ނިޒާރެވެ.

މި މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދީފައިވަނީ އަމީރު އަމީން ސްކޫލް ގެ ހެޑް ޓީޗަރ ސާދުނާ އިބްރާހީމްއެވެ.

މިދިޔަ އަހަރުވެސް ޓޮޕާޒްހައުސް މި މުބާރާތް ކާމިޔާބު ކުރީ އެމަރަލްޑް ހައުސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355