twitterviber whatsapp telegramfacebookyoutube instagram
7th May 2024

އަފީފުއްދީން ސްކޫލް އެތްލެޓިކްސް މީޓްގެ ޗެމްޕިއަންކަން އަމީނީ ހައުސް ހޯދައިފި

Apr 13, 2015

އަފީފުއްދީން ސްކޫލްގެ 8 ވަނަ އިންޓަރ ހައުސް އެތްލެޓިކްސް މީޓްގެ ޗެމްޕިއަންކަން އަމީނީ ހައުސް ހޯދައިފި އެވެ.

މި މުބާރަތުގެ ޗެމްޕިއަމްކަން އަމީނީ ހައުސް ހޯދާފައިވަނީ ޖުމްލަ 173 ޕޮއިންޓް ހޯދައިގެންނެވެ. އަމީނީ ހައުސްއާއި އެންމެ ވާދަވެރި ކުޅުމެއްދެއްކި މުބަރާތުގެ ރަނަރަޕް ގާޒީ ހައުސަށް ލިބިފައިވަނީ 126 ޕޮއިންޓެވެ. ފަރީދީ ހައުސް އަށް ޖުމްލަ 124 ޕޮއިންޓް ލިބިފައިވާއިރު މަޖީދީ ހައުސް ލިބިފައިވަނީ 108 ޕޮއިންޓެވެ.

މިއަދު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް އިވެންޓުގައި ވަނަވަނަ އަށް ހޮވުނު ދަރިވަރުންނަށް ސެޓްޕިކެޓް އަދި ޓްރޮފީ ހަވާލްކޮށްފައިވަނީ ކުޅުދުއްފުށީ ކައުންސިލް މެމްބަރ ޝައުފާ އިބްރާހިމާއި އަފީފުއްދީން ސްކޫލް ޕީޓީއޭގެ ރައީސް އަލީ އާދަމްގެ އިތުރުން އަފީފުއްދީން ސްކޫލް ޕްރިންސިޕަލް އާދަމް މޫސާ އެވެ.

4 ދުވަހަށް ދެމިގެން ދިޔަ މި މުބާރާތުގައި ޖުމްލަ182 ކުދިން ބައިވެރިވެފައިވާ އިރު 51 އިވެންޓެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

11 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެޓްލީޓަކަށް އައިމިނަތު މައިޝާ މުހައްމަދު ހޮވުނުއިރު އެންމެ މޮޅު ފިރިހެން އެޓްލީޓަކަށް ހޮވުނީ އަހުމަދު މާއިޝްއެވެ. 13 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެޓްލީޓްގެ މަގާމު ސާރާ ސަމްޝާދު ހާސިލުކުރިއިރު އެންމެ މޮޅު ފިރިހެން އެޓްލީޓްގެ މަގާމު ހާސިލުކުރީ މުހައްމަދު ޝާމް އަހުމަދެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެޓްލީޓަކަށް މަރިޔަމް އަލީ ހޮވުނުއިރު އެންމެ މޮޅު ފިރިހެން އެޓްލީޓަކަށް ހޮވުނީ އިފުރާން އަބޫބަކުރެވެ. އަދި 17 އަހަރުން ދަށުގެ އެންމެ މޮޅު އެޓްލީޓްގެ މަގާމު އައިމިނަތު ސިދާ ހާސިލުކުރިއިރު އެންމެ މޮޅު ފިރިހެން އެޓްލީޓަކަށް ހޮވުނީ އަލީ ޒަކަރިއްޔާ އެވެ.

މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައު ކުޅިވަރުގެ ރޫހު އާލާކޮށް ވާދަވެރި މާހައުލެއްގައު ކުޅިވަރު ކުޅުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުން ކަމަށް އަފީފުއްދީން ސްކޫލުން ހާމަ ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355