twitterviber whatsapp telegramfacebookyoutube instagram
7th May 2024

ރޭ ގެ މެޗުތައް ކާމިޔާބުކުރީ ޕޯޓޯ އަދި ބާސެލޯނާ

Apr 16, 2015

ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު ކުއާޓަރ ފައިނަލްގެ މެޗުތައް ކާމިޔާބުކުރީ ޕޯޓޯ އަދި ބާސެލޯނާ އެވެ.

ހައިރާންކުރުވަނިވި ގޮތަކަށް ބަޔާން މިއުނިކު ބަލިކޮށް ޕޯޓޯއިން ރޭ މެޗު 3-1 އިން ކާމިޔާބުކުރިއިރު ރަށުން ބޭރުގައި ބާސެލޯނާއިން ވެސް ވަނީ 3-1 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ.

ރޭ ގެ މެޗުގެ ކުރީކޮޅު ޕޯޓޯގެ ރިކާޑޯ ކުއަރެސްމާ ދެ ލަނޑު ޖަހައިދީފައިވާއިރު މީގެ ތެރެއިން ފުރަތަމަ ލަނޑަކީ ބަޔާންގެ ކީޕަރ މެނުއެލް ނޯޔާ ޖެކްސަން މާޓިނޭޒް އަށް ކުރި ފައުލްއަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 28 ވަނަ މިނެޓްގައި ބަޔާންގެ ތިއާގޯ އަލްކަންޓްރާ އޭނަގެ ފުރަތަމަ ޗެމްޕިއަންސް ލީގު ލަނޑުޖަހައި ފަރަޤު ކުޑަކުރި ނަމަވެސް ދެވަނަ ހާފުގައި ޖެކެސަން މާޓިނޭޒްވަނީ އަނެއްކާވެސް ޕޯޓޯއަށް ލަނޑެއްޖަހައިދީފަ އެވެ.

ރޭގެ މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ބަޔާންއިން ކުޅުނު ކަމުގައިވިޔަސް ގިނަ ހަމަލާތައް އުފައްދާފައިވަނީ ޕޯޓޯއިންނެވެ.

ރޭ ކުޅުނު އަނެއް މެޗު ބާސެލޯނާއިން ކާމިޔާބުކުރިއިރު ސުއަރޭޒް ވަނީ ފަހު ހާފުގައި ދެ ލަނޑު ޖަހާފަ އެވެ. ދެ ލަނޑުވެސް ޖަހާފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ލުއިޒްގެ ދެފައި ދޭތެރެއިން ބޯޅަ ދުއްވާލައި ނައްޓުވާލައިގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެސީގެ ތުރޫ ބޯޅައަކުން ނޭމާ އެވެ. މި މެޗުގައި ޕީއެސްޖީގެ އިބްރާހިމޮވިޗަށް އަނިޔާގެ ސަބަބުން ކުޅެވިފައިނުވާއިރު ޕީއެސްޖީގެ ހަމައެކަނި ލަނޑަކީ ބާސެލޯނާގެ ޖެރެމީ މެތިއު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355