twitterviber whatsapp telegramfacebookyoutube instagram
7th May 2024

އާދަމް އިސްމާޢީލް ލީގުގެ ހަފްތާ ބަންދުގެ މެޗުތައް ހިރަފުސް އަދި ޓީމް ކޮރަލްސްއިން ކާމިޔާބުކޮށްފި

Apr 19, 2015

އާދަމް އިސްމާޢީލް ލީގުގެ ހަފްތާ ބަންދުގެ މެޗުތައް ހިރަފުސް އަދި ޓީމް ކޮރަލްސްއިން ކާމިޔާބުކޮށްފި އެވެ.

ހިރަފުސް އިން ކޮރަލްސް ޔުނައިޓެޑްއާ ވާދަކޮށް 2-0 އިން ކާމިޔާބުކުރިއިރު ޓީމް ކޮރަލްސް އިން ވަނީ 2-1 އިން ޒިގްޒެގް ބަލިކޮށްފަ އެވެ.

ހިރަފުސް ޓީމުން ފުރަތަމަ ހާފު ކޮންޓްރޯލް ކުރިއިރު،  ލިބުނު ހިލޭ ޖެހުމަކުން އާދަމް އިލްހާމް (އިއްލެ) ނަގައިދިން ހުރަހަކުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަބްދުލް ރަހީމް އަބޫބަކުރު (އަައްދު) ވަނީ ބޮލުން ޖަހައި ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑަށް ވާއިރު ދެ ލަނޑުވެސް ޖަހާފައިވަނީ ބޮލުންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ހިރަފުސްގެ މާއްދު އަދުނާން ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އިބްރާހިމް ހަސަން (ކުޑަ އިއްބެ) އަށް ތަނަވަސް ކޮށްލަދިން ފުރުސަތަކުން އޭނާ ވަނީ ވަރަށް ހަމަޖެހިލާފައި ލަނޑެއް ޖަހާފަ އެވެ. މި މުބާރާތުގެ ކުރީ މެޗުގައިވެސް ކޮރަލްސް ޔުނައިޓެޑް ކޮޅަށް ޒިގްޒެގް ގެ ދެވަނަ ލަނޑުވެސް މެޗުގެ 48 ވަނަ މިނެޓްގައި ޖަހާފައިވާއިރު މި ލަނޑުވެސް ޖަހާފައިވަނީ 48 ވަަނަ މިނެޓްގަ އެވެ. އަދި ޓީމް ކޮރަލްސް ކޮޅަށް ހިރަފުސް އިން ޖެހި ދެވަނަ ލަނޑުވެސް ޖެހީ 48 ވަނަ މިނެޓްގަ އެވެ.

ދެވަނަ ހާފުގެ ބޮޑުބައިގައި ބޯކޮށް ވިއްސާރަ ވެހުނުއިރު މި ވަގުތުތަކުގައި ކޮރަލްސް ޔުނައިޓެޑުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް އަބްދުލް ޤުއްދޫސް ވަނީ ވަރަށް ހުޝިޔާރުވެ މި ހަމަލާތައް ދިފާޢުކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމް ކޮރަލްސް ވެސް ޒިގްޒެގްގެ ދަނޑުގައި ކުޅުނު މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. މެޗުގެ 17 ވަނަ މިނެޓްގައި ކޯނަރަކުން ތަނަވަސްވި ފުރުސަތަކުން ނަދީމް ވަނީ ލަނޑެއް ޖަހާ ލީޑު ހޯދައިދީފަ އެވެ. ވޭތުވެދިޔަ އަތޮޅު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހަނިމާދޫގެ ޒުވާން ފޯވާޑް ނޫރުﷲ ތޯހާ ވަނީ އޭގެ 8 މިނެޓް ފަހުން މުޅިން ހުސްކޮށްދިން ބޯޅައަކުން ފަތުހުﷲ ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ.

މި ލަނޑާއެކު މެޗުގެ ބޮޑުބައި ޒިގްޒެގް އިން ކޮންޓްރޯލް ކޮށްފައިވާއިރު އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ލިބުނު ނުސީދާ ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ހަސަން މުހައްމަދު (ނޫވިލޭ) އެެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ކޮރަލްސްގެ ފަތުހުﷲ އާދަމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355