twitterviber whatsapp telegramfacebookyoutube instagram
26th October 2025

ކެމްޕަސް ފުޓްސަލް މުބާރާތް ފަށައިފި

Apr 20, 2015

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަސްގެ ފުޓްސަލް މުބާރާތް ފަށައިފި އެވެ.

މިގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ޕުލޫޓޯ އަދި ވީނަސް ބައްދަލުކުރި މެޗު 18-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޕްލޫޓޯއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި ގިނަ ލަނޑުތަކެއް ކާމިޔާބުކުރި ޕްލޫޓޯ ޓީމުގެ ޖާޒީ ނަންބަރު 8 އިބްރާހިމް ހާމިދު އެވެ.

ރޭ ގެ ދެވަނަ މެޗުގައި މާސް އަދި ޖުޕިޓަރ ބައްދަލުކުރި މެޗު 8-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާސްއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާސް ޓީމުގެ ހަސަން ސޮބާހް އެވެ.

ރޭގެ މެޗުތައް ޝަރަފުވެރިކޮށްދެއްވާ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ އަފީފުއްދީން ސުކޫލްގެ ޕްރިންސިޕަލް އާދަމް މޫސާ އެވެ.

އޭޕްރީލް މަހުގެ 19 އިން 30 އަށް އެސްޓީއޯ ނޫފަހި އެރީނާގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 5 ޓީމު ވާދަކުރެ އެވެ. މިއީ ކެމްޕަސް މުވައްޒަފުން އަދި ދަރިވަރުން 5 ބަޔަށް ބަހާލައިގެން ކުޅޭ މުބާރާތަކަށް ވާއިރު މިއީ ކުޅިވަރުގެ ރޫހް ދިރުވާ އާލާ ކުރުމަށް ބޭއްވޭ ހަރަކާތެކެވެ. .

މިރޭ މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ޕުލޫޓޯ އަދި މާކަރީ ކުޅޭއިރު ދެވަނަ މެޗުގައި ކުޅޭނީ ވީނަސް އަދި މާސް އެވެ. ފުރަތަމަ މެޗު 2130 ގައި ފެއްޓުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 2230 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355