twitterviber whatsapp telegramfacebookyoutube instagram
29th March 2026

ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

Apr 22, 2015

މިނިވަން 50 އާ ގުޅުވައިގެން ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމްއިން އިންތިޒާމް ކޮށްގެން ރާވާ މި މުބާރާތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމު ނެރެވޭއިރު މި މުބާރާތުގައި ތިން ބުރެއް ހިމެނޭނެ އެވެ. ފުރަތަމަ ބުރުގައި އަތޮޅު ފުޓްބޯޅަ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާއިރު ދެވަނަ ބުރުގައި ޒޯން ފުޓްބޯޅަ މުބާރާތަށް އަތޮޅު ފުޓްބޯޅަ މުބާރާތުގެ އެއްވަނަ ޓީމު ކޮލިފައިވާނެ އެވެ. އަދި ޒޯން ފުޓްބޯޅަ މުބާރާތްވެސް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާއިރު އެއްވަނަ ހޯދާ 9 ޓީމުގެ މެދުގައި އޮންނަ ފައިނަލް ބުރު އޮންނާނީ އައްޑޫ ސިޓީގަ އެވެ.

އައްޑޫގައި ބާއްވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޕްރެސިޑެންޓްސް ކަޕުން ޖާގަ ލިބޭއިރު ކޮންމެ ޓީމެއްގައިވެސް ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު އޮވެ އެވެ. އަދި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހަފްތާ ބަންދު ދުވަސްތަކުގަ އެވެ.

އައްޑޫގައި އޮންނަ މުބާރާތަށް ދިއުމުގެ ހަރަދު އެފްއޭއެމް އިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެކި އަހަރު ފައިނަލް މުބާރާތް ބޭއްވޭނީ އެކި ރަށްރަށުގައި

ކަމަށް އެފްއޭއެމްއިން މައުލޫމާތުދެ އެވެ.

ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްގެން 1.5 މިލިއަން ރުފިޔާ ހޯދުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް އޮވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355