twitterviber whatsapp telegramfacebookyoutube instagram
17th May 2024

ލައިކަން އިންޓަރ އޮފީސް 3 ވަނަ ވޯލީ މުބާރާތް ފަށައިފި

May 18, 2015

2013 ވަނައަހަރުން ފެށިގެން ނޮޅިވަރަންފަރު މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި ބާއްވަމުން ގެންދާ ލައިކަން އިންޓަރ އޮފީސް ވޮލީ މުބާރާތް މިދިޔަ ހޯމަ ދުވަހު ފަށައިފި އެވެ.

މުބާރާތް ޝަރަފުވެރިކޮށްދެއްވީ އަޕަރ ނޯތް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލެވެ.

މި މުބާރަތަކީ މުވައްސަސާތަކުގެ މެދުގައި އެކުވެރި ކަމުގެ ރޫހުއާލާކޮށް ދެމެހެއްޓުމަށް ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް މިފަހަރު ކުރިއަށް ދަނީ ލައިކަން އިންޓަރ އޮފީސް 3 ވަނަ ވޮލީމުބާރާތް 2015 މިނަމުގައެވެ. މީގެ ކުރީ އަހަރު ތަކުގައި މި މުބާރާތް ބޭއްވެމުން ދިޔައީ ގްރޫޕް ސްޓޭޗް ގެ ގޮތުގގައި ނަމަވެސް މި ފަހަރު މި މުބާރާތް ކުރިއަށްދަނީ ލީގް އުސޫލުންނެވެ.

މި މުބާރާތުގައި ނޮޅިވަރަންފަރުގައި ހުރި 6 މުވައްސަސާއަކުން 7 ޓީމް ވަނީ ބައިވެރި ވެވިފައެވެ. މި މުބާރާތް ކުރިއަށް ދާނީ 15 މެއި ން 2 ޖޫން ގެ ނިޔަލަށެވެ. މުބާރާތް ހުޅުވި މެޗް ގައި ބައްދަލުކުރީ ނޮޅިވަރަންފަރު ސްކޫލް އޭ ޓީމާއި ނޮޅިވަރަންފަރު ސްކޫލް ބީ ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތރިއަކަށް ހޮވިފައިވަނީ ސްކޫލް އޭ ޓީމްގެޖާޒީ ނަންބަރު: 02 އަބްދުއްރަޝީދު މުހައްމަދު އެވެ. ސީދާ 3 ސެޓް އިން މެޗް ކާމިޔާބު ކުރީ ނޮޅިވަރަންފަރު ސްކޫލް އޭ ޓީމް އެވެ.

މި މުބާރާތުގައި ބައްދަލުކުރި 3 ވަނަ މެޗްގައި ބައްދަލުކުރީ ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު ޓީމާއި ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ ޓީމެވެ. 3 ސެޓް 1 ސެޓްއިން ކާމިޔާބު ކުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ ޓީމެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު ޓީމްގެ ޖާޒީ ނަންބަރު: 11 އަލީ މުހައްމަދެވެ.

މި މުބާރާތުގެ ތިންވަނަ މެޗްގައި ބައްދަލުކުރީ ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓް ޓީމާއި ފެނަކަ ކޯޕަރޭޝަންގެ ނޮޅިވަރަންފަރު ބްރާންޗްގެ ޓީމެވެ. މިމެޗް ސީދާ 3 ސެޓުން ކާމިޔާބު ކުރީ މެޖިސްޓްރޭޓް ކޯޓެވެ. މިމެޗްގެ މޮޅުކުޅުން ތެރިއަކަށް ހޮވިފައިވަނީ މެޖިސްޓްރޭޓް ކޯޓް ޓީމްގެ ޖާޒީ ނަންބަރ: 6 ހަސަން ފަރީދެވެ.

މި މުބާރާތުގެ 4 ވަނަ މެޗްގައި ބައްދަލުކުރީ ސްކޫލް ބީ ޓީމާއި ޞިއްޙީ މަރުކަޒު ޓީމެވެ. މިމެޗް ސީދާ 3 ސެޓް އިން ކާމިޔާބު ކުރީ މަރުކަޒު ޓީމެވެ. މިމެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ މަރުކަޒު ޓީމުގެ ޖާޒީ ނަންބަރ: 11 އަލީ ،މުހައްމަދެވެ. މިމުބާރާތުގެ 5 ވަނަ މެޗްގައި ބައްދަލުކުރާނީ ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަން ޓީމާއި ސްކޫލް އޭ ޓީމެވެ.

[yass cats=173]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355