twitterviber whatsapp telegramfacebookyoutube instagram
15th October 2026

ހއ އަދި ހދ އަށް އަމާޒު ކޮށްގެން ފުޓްބޯޅަ ރެފްރީން ތަމްރީން ކުރާ ޕްރޮގުރާމެއް މިމަހު ފަށަނީ

May 18, 2015

ހއ އަދި ހދ އަތޮޅަށް އަމާޒު ކޮށްގެން ބާއްވާ ފުޓްބޯޅަ ރެފްރީން ތަމްރީންކުރުމުގެ ޕްރޮގުރާމެއްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހދ. އަތޮޅު ކައުންސިލުގެ ކުޅިވަރުތަކާ ބެހޭ ކައުންސިލަރު ޝަގީފް “ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ ރެފްރީން ތަމްރީން ކުރާ މި ޕްރޮގްރާމަކީ އެފްއޭއެމާއި ހދ އަތޮޅު ކައުންސިލް އަދި ހއ. އަތޮޅު ކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެއް ކަމަށެވެ.

ޝަގީފް ވިދާޅުވީ މި ޕްރޮގުރާމްގެ ބޭނުމަކީ އަތޮޅުގައި ފުޓްބޯޅަ ރެފްރީންގެ ދަތިކަން ބޮޑުކަމުންނާއި މާލެއިން ރަށްރަށަށް ރެފްރީން ގެނައުމަށް ބޮޑުތި ހަރަދުތަކެއް ކުރަންޖެހޭތީ ކޮންމެ ރަށެއްގައި ތަމްރީން ވެފައިވާ ރެފްރީން ބޭތިއްބުމުގެ ބޭނުމުގައި އަތޮޅު ކައުންސިލުން މިއަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާ، ހިންގަން ހަމަޖެހިފައިވާ ޕްރޮގުރާމެއް ކަމަށެވެ.

މެއި 26 އިން ޖޫން 3 އަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގުރާމް ކުރިއަށްދަނީ ކުޅުދުއްފުށީގަ އެވެ. ޝަގީފް ވިދާޅުވީ ހދ. އަތޮޅުން ކޮންމެ ރަށަކުން 3 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ހއ. އަތޮޅުން ކޮންމެ ރަށަކަށް އެއް ފުރުސަތު ކަމަށް އޭނާ ވިދާޅުވި އެވެ. މިމަހު 21 ގެ ކުރިން ޝައުގުވެރިވާ ފަރާތްތައް ރަށު ކައުންސިލުތަކަށް ފޯމް ހުށަހެޅުމަށް ޝަގީފް އެދިލެއްވި އެވެ.

މި ތަމްރީން ޕްރޮގުރާމްގައި ބޮޑުބައި ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު ކައުންސިލުތަކުންނެވެ. ހއ. ހދ އަތޮޅަކީ ކޮންމެ އަހަރަކުވެސް ގިނަ ފުޓްބޯޅަ މުބާރާތްތަކެއް ބާއްވަމުން އަންނަ ސަރަހައްދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293