twitterviber whatsapp telegramfacebookyoutube instagram
30th August 2026

27 ބައިވެރިންނާއެކު ރެފްރީން ތަމްރީންކުރާ ޕްރޮގުރާމް ކުޅުދުއްފުށިގައި ފަށައިފި

May 26, 2015

27 ބައިވެރިންނާ އެކު ފުޓްބޯޅަ ރެފްރީން ތަމްރީންކުރުމުގެ ޕްރޮގުރާމް ކުޅުދުއްފުށީގައި މިއަދު ފަށައިފި އެވެ.

ހދ އަތޮޅު ކައުންސިލާ އެފްއޭއެމާ ގުޅިގެން ފެށި މި ޕްރޮގުރާމްގައި ހދ އަތޮޅުގެ 10 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ކުޅުދުއްފުއްޓާއި ހަނިމާދޫ އާއި ނޮޅިވަރަން އާއި ވައިކަރަދޫ އާއި ނޭކުރަންދޫގެ އިތުރުން ފިނޭ އާއި ނެއްލައިދޫ އާއި މަކުނުދޫ އާއި ކުރިނބީ އަދި ކުމުންދޫއިންނެވެ.

6 ދުވަހަށް ކުރިއަށްދާ މި ޕްރޮގުރާމުގައި ރަށްރަށުން ބައިވެރިވެފައިވާ 16 ފަރާތުގެ ހުރުމާއި ކެއުން ހަމަޖައްސާދީފައިވަނީ އަތޮޅު ކައުންސިލުންނެވެ.

މި ތަމްރީން ފްރޮގުރާމުގައި ބައިވެރިވުމަށް ހއ އަތޮޅަށް ހުޅުވާލާފައިވީނަމަވެސް ތަމްރީން ޕްރޮގުރާމުގައި އެ އަތޮޅުން ބައިވެރިވެފައެއް ނުވެ އެވެ.

މި ކުރީގެ ގައުމީ އިދާރާގެ ހޯލުގައި ކުރިއަށްދާ މި ޕްރޮގުރާމުގައި ކިޔަވައިދެއްވަނީ އެފްއޭއެމްގެ ފުޓްބޯޅަ ކޯޗުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355