twitterviber whatsapp telegramfacebookyoutube instagram
30th August 2026

ބޭސިކް ފުޓްބޯޅަ ކޯޗިން ކޭމްޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

May 26, 2015

ހދ ކުޅުދުއްފުށީގައި ބޭއްވި އޭ.އެފް.ސީ އިންޓްރޮޑަކްޓަރީ ކޯޗިން ކޭމްޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ރޭ ސުފުރާމަތީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ އާދަމް އިސްމާއީލް ދެބުދާރުގެ އެވެ. މި ކޯހުގައި ކިޔަވާދެއްވީ އެފް.އޭ.އެމް ގެ ތަޖުރިބާކާރު އިންސްޓްރަކްޓަރ މުހައްމަދު އާދަމް އެވެ. މިއީ ފުޓްބޯޅަ ކޯޗިންގެ ދާއިރާއިން އޭ ލައިސަންސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މޯލްޑިވްސް ނެސަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި އެފްއޭއެމް އަދި ކުޅުދުއްފުށީ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދިޔަ މި ކޯސް ހިންގާފައިވަނީ ޒޯން ސްޓޭޑިއަމް 1 އަދި އަފީފުއްދީން ސްކޫލްގަ އެވެ. މި ހިނގާ މެއި މަހުގެ 21-25 އަށް ކުރިއަށް ދިޔަ މި ކޯޗިން ކޭމްޕްގައި ޖުމްލަ 25 ފަރާތަކުން ބައިވެރިވެފައިވެ އެވެ.

ކުޅުދުއްފުށީ ކައުންސިލް މެމްބަރު އިބްރާހިމް އައްބާސް މައުލޫމާތު ދެއްވި ގޮތުގައި މީގެ އެޑްވާންސް ކޯހެއް ނުވަތަ ސީ ލައިސަންސް ކޯހެއް މި އަހަރު ނިމުމުގެ ކުރިން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިހާރު ކުޅުދުއްފުށީގައި ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355