twitterviber whatsapp telegramfacebookyoutube instagram
25th May 2026

އެމްބީއޭ ކަޕުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކޭވައިއާރުސީ ކާމިޔާބުކޮށްފި

May 28, 2015

އެމްބީއޭ ކަޕް ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިިއޭޝަނަލް ކްލަބް(ކޭވައިއާރުސީ) ކާމިޔާބުކޮށްފި އެވެ.

މިއަދު ހަރިކޭން ބީސީ އާ ވާދަ ކޮއްގެން 47-64 ޕޮއިންޓުން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިިއޭޝަނަލް ކްލަބް މިއަދު ހަވީރު ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް 21 ޕޮއިންޓާއެކު ހޯދީ ކުޅުދުއްފުށީ ޓީމުގެ އައިމިނަތު ޝިއުރާ އެވެ.

ޝިއުރާ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔަކަށް ވެސް ހޮވިފައެވެ. އޭނާ ވަނީ މުޅި މުބާރާތުގައި 43 ޕޮއިންޓް ހޯދާފަ އެވެ. ޝިއުރާވަނީ ރާއްޖޭގެ އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު ހޯދާފައެވެ.

ކުޅުދުއްފުށީ ޓީމުގެ ހުސްނާ މުހައްމަދު ވަނީ އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ވަނީ ހޮވިފައެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމް ކުޅުދުއްފުށީ ޓީމުގެ މުހައްމަދު ހާޝިމް ވަނީ ހޯދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355