twitterviber whatsapp telegramfacebookyoutube instagram
8th May 2024

މަޑުއްވަރީ ބަލިކޮށް ޓީމް ކުޅުދުއްފުށި ދެވަނަ ބުރަށް

Jun 6, 2015

އައިލަންޑާސް ކަޕްގެ ގުރޫޕް ސްޓޭޖްގެ ދެވަނަ މެޗު ޓީމް ކުޅުދުއްފުށިން ކާމިޔާބުކޮށް ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ. ރޭ މާފަންނު ސްޓޭޑިއަމްގައި ރ މަޑުއްވަރީއާ ދެކޮޅަށް ކުޅުނު މެޗު ޓީމް ކުޅުދުއްފުށިން ކާމިޔާބުކުރީ 4-2 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކުޅުދުއްފުށި ޓީމުން ފުރަތަމަ ލީޑު ނެގީ މުހައްމަދު އަލީ (ހެރީ) ޖަހައިދިން ލަނޑުންނެވެ. މިއީ އިދިކޮޅު ހާފުގެ މެދުތެރެއިން ލިބުނު ބޯޅައަކުންހެދި ބާރު ޝޮޓެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ކުޅުދުއްފުށި ޓީމުން ޖެހި ދެވަނަ ލަނޑަކީ އަސްވަދު ރަޝީދު (އަސްލޭ) ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކީޕަރ ކައިރިން ނެއްޓުމަށްފަހު މުހައްމަދު ޝާފީ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މަޑުއްވަރީ ޓީމުން ލަނޑެއް ޖެހި ނަމަވެސް ދެވަނަ ހާފު ފަށައިގެން މާގިނައިރު ތަކެއް ނުވެ ޓީމުގެ ކެޕްޓަން މުހައްމަދު އަލީ (ރުއްކެ) އުފެއްދި ކައުންޓަރ އެޓޭކެއްގައި ޝާފީ ވަނީ މުޅިން ހުސްކޮށްހުރެ ލަނޑު ޖަހައި ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

މުހިއްމު ތިން ކުޅުންތެރިން ކަމުގައިވާ އަހްމަދު މުހައްމަދު (ވެނިސް)، އަބްދުﷲ އަބޫބަކުރު (ބަކާ) އަދި ޒައިދު ނުލައި ކުޅުނު މި މެޗުގެ ފަހު ލަނޑަކީ ގިނަ ދުވަސް ތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ޒަކަރިއްޔާ (ކެރިކް) ކާމިޔާބު ކުރި ލަނޑެކެވެ. މަޑުއްވަރީގެ ދެވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗު ނިމެން ކައިރި ވެފައި ވަނިކޮށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބު ކުރި މުހައްމަދު ޝާފީ އެވެ.

މި މުބާރާތުގެ ދެވަނަ ބުރަށް ޓީމު ދަތުރުކޮށްފައިވާއިރު ގުރޫޕްގެ އެއްވަނަ ލިބޭނީ ސ ފޭދޫ  ދެކޮޅަށް 7 ޖޫން (އާދީއްތަ) ދުވަހުގެ ރޭ 2200 ގައި ކުޅޭ މެޗު ކާމިޔާބުކުރާ ޓީމަކަށެވެ. މި ގްރޫޕްގެ އެންމެ ވަރުގަދަ ކަމަށް ބެލިފައިވާ ސ ފޭދޫ ވަނީ ވޭމަންޑޫ 6-1 އަދި މަޑުއްވަރީ 6-0 އިން ބަލިކޮށްފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355