twitterviber whatsapp telegramfacebookyoutube instagram
2nd September 2025

ބޮޑު ތަފާތަކުން ޓީމް ކުޅުދުއްފުށި ބަލިވެ މުބާރާތުން ކަޓައިފި

Jun 10, 2015

އައިލަންޑާސް ކަޕްގެ ދެވަނަ ބުރުގައި ކުޅުނު މެޗުން 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ ޓީމު ކުޅުދުއްފުށި މުބާރާތުން ކަޓައިފި އެވެ.

މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ މުހައްމަދު ޝާފީގެ އިތުރުން ޒައިދު، އަބްދުﷲ އަބޫބަކުރު(ބަކާ)، އާދަމް މުހައްމަދު(ދަނޭ) އަދި މުހައްމަދު އަލީ (ހެރީ) ނުލައި ކުޅުނު މެޗުގައި ތިމަރަފުށިން މެޗުގެ 8 ވަނަ މިނެޓްގައި ވަނީ ލީޑު ނަގައިފަ އެވެ. އަދި މެޗުގެ 17 ވަނަ މިނެޓްގައި އެ ޓީމުން ލީޑު ފުޅާކުރުމާއެކު ކުޅުދުއްފުށި ޓީމުގެ އަހްމަދު މުހައްމަދު (ވެނިސް) ލަނޑެއް ޖަހައި ފަރަޤް ކުޑަ ކުރި ނަމަވެސް ތިމަރަފުށީ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައިރިކައިރީގައި ދެ ލަނޑު ޖަހައި 4-1 އަށް ނަތީޖާ ބަދަލުކޮށްފަ އެވެ.

ފަހު ހާފުގައި ކުޅުދުއްފުށީ ޓީމުން ލަނޑު ޖެހުމަށްޓަކައި އެޓޭކިން ގޭމެއް ކުޅުނުއިރު ކައުންޓަރ އެޓޭކްގައި ތިމަރަފުށީ ޓީމުން ވަނީ 4 ލަނޑު ޖަހައި ނަތީޖާ 8-1 އަށް ބަދަލުކޮށްލާފަ އެވެ. ތިމަރަފުށީ ޓީމަކީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމުކަމަށް ބެލިފައިވާ ޓީމެވެ.

ވޭތުވެދިޔަ އަހަރުގެ މުބާރާތުގެވެސް ދެވަނަ ބުރުން ކުޅުދުއްފުށީ ޓީމު ކަޓާފައިވާއިރު، ވޭތުވެދިޔަ އަހަރު ޓީމު ކެޓީ ޗެމްޕިއަން އޭދަފުށި އަތުން ބަލިވެގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355