twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް މިރޭ ފެށެނީ

Jun 11, 2015

ސައުތު އެމެރިކާގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކޮޕާ އެމެރިކާ މިރޭ ފެށޭނެ އެވެ.

1916 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް މި އަހަރު ޗިލީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ޗިލީ އަދި އެކުއެޑޯ އެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ފަތިހު 04:30 ގަ އެވެ.

މިއީ މި މުބާރާތް ބޭއްވޭ 43 ވަނަ ފަހަރެވެ. މި މުބާރާތަކީ ފުޓްބޯޅައިގެ ގަދަ ބާރުތަކެއް ހިމެނޭ ސައުތު އެމެރިކާ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް އެންމެ ފަހުން 2011 ވަނަ އަހަރު އާޖެންޓީނާގައި ބޭއްވިއިރު ޗެމްޕިއަންކަން ހޯދާފައިވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އުރުގުއާއީ އެވެ. އުރުގުއާއީން ވަނީ މި މުބާރާތް 15 ފަހަރު ކާމިޔާބުކޮށްފަ އެވެ.

މި އަހަރުގެ މުބާރާތުގައި ސެންޓްރަލް އެމެރިކާ ސަރަހައްދުގެ ދެ ޤައުމު ކަމަށްވާ މެކްސިކޯ އަދި ޖެމެއިކާ އަށް ދައުވަތުދީގެން ބޭއްވޭއިރު މި އަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ބްރެޒިލް، އާޖެންޓީނާ، ޕެރަގުއާއީ، ކޮލަމްބިއާ، ޕެރު، ވެނެޒުއޭލާ އަދި ބޮލީވިއާ ހިމެނެ އެވެ.

މި އަހަރުގެ މުބާރާތް ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 14 އަށް ކުރިއަށްދާއިރު މުބާރާތުގައި ދުނިޔޭގެ ނަން މަޝްހޫރު މޮޅެތި ކުޅުންތެރިންތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި މެސީ، ނޭމާ، އެގުއޭރޯ، ޑި މާރިއާ، ކުއަޑްރާޑޯ، ސަންޗޭޒް، ޖޭމްސް ރޮޑްރިގޭޒް، ފަލްކާއޯ އަދި އެޑިންސަން ކަވާނީ ފަދަ ކުޅުންތެރިން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355