twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކުޅުދުއްފުށީގައި ބޭއްވޭ އެންމެ އަގުބޮޑު ކުޅިވަރު އިވެންޓް ބައިބަލާ ޗެލެންޖް އިޢުލާނުކޮށްފި

Jun 12, 2015

ކުޅުދުއްފުށީގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ކުޅިވަރު އިވެންޓް ކުޅުދުއްފުށީ ބައިބަލާ ޗެލެންޖް އިއުލާނުކޮށްފި އެވެ.

30000 ރުފިޔާގެ އަގުހުރި އިނާމު ހުށަހެޅިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާ ހުށަހެޅިފައިވާއިރު ރަނަރއަޕް ޓީމަށް 7000 ރުފިޔާ ހުށަހެޅިފައިވެ އެވެ. އަދި މިސްޓަރ ބައިބަލާއަށް ހޮޥޭ ފަރާތަކަށް 3000 ރުފިޔާ ހުށަހެޅިފައިވެ އެވެ.

މީގެ އިތުރުން އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔާ (އެތެރެއަށް އެންމެ މޮޅު ކުޅުންތެރިޔާ)، އެންމެ މޮޅު އެޓޭކިން ކުޅުންތެރިޔާ (ބޭރަށް އެންމެ މޮޅު ކުޅުންތެރިޔާ)، އެންމެ މޮޅު ފަސް ކުޅުންތެރިންގެ އިތުރުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާހެ މަޤާމުވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގައި ޓީމް ލިސްޓްގައި ހިމެނޭނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ. މީގެ ތެރޭގައި ކުޅުދުއްފުށީގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި، ކުޅުދުއްފުށީ މީހަކާ ކައިވެނި ކޮށްގެން އުޅޭ މީހުންގެ އިތުރުން ކުޅުދުއްފުށީގައި ތައުލީމު ހާސިލުކުރަމުންދާ ރަށުން ބޭރު ފަރާތްތައް ހިމެނެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން މި މުބާރާތް ކޯޑިނޭޓް ކުރާ ފަރާތް ކަމުގައިވާ އަކްރަމް މުހައްމަދު އަދި ފާރޫޤް މުހައްމަދު ހާމަކުރިގޮތުގައި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުޑަ އީދުގެ ދެވަނަ ދުވަހު އެވެ. އަދި މުބާރާތް އޮންނާނީ ކުޅުދުއްފުށީ ބަންޑާރަ މައިދާނުގަ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް އަދި ޤަވާއިދު 1 ޖުލައި އިން ފެށިގެން ކޭބަލް ޗޮއިސް އަދި ކޭބަލް ޕްލަސް އިން ލިބެން ހުންނާނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 10 ޖުލައި 2015 ދުވަހުގެ 15:00 އެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 9979971 އަދި 9990509 ލިބިވަޑައިގަންނަވާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355