twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކްލަބް ކޮރަލްސް ފުޓްސަލް ޗެލެންޖް ފެށިއްޖެ

Jun 21, 2015

ކްލަބް ކޮރަލްސް ފުޓްސަލް ޗެލެންޖެ 2015 ފެށިއްޖެ އެވެ.

ކްލަބް ކޮރަލްސް އިން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ މިޑްނައިޓް އޭލިއަންސް އަދި އެފްސީ ކެމްޕަސް ކުޅުނުއިރު 7-0 އިން މެޗު ކާމިޔާބުކުރީ މިޑްނައިޓް އޭލިއަންސް އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މިޑްނައިޓް އޭލިއަންސް ގެ މުހައްމަދު ޝާފީ އެވެ.

ރޭގެ ދެވަނަ މެޗުގައި ޑެކަގަން އަދި އެފްސީ ނިޑޭ ބައްދަލުކުރިއިރު މި މެޗު 7-3 އިން ކާމިޔާބުކުރީ އެފްސީ ނިޑޭއިންވެ. މެޗުގެ ފުރަތަމަ ހާފު ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ދެވަނަ ހާފު ކޮންޓްރޯލް ކޮށްފައިވަނީ އެފްސީ ނިޑޭއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އެފްސީ ނިޑޭއަށް 4 ލަނޑު ކާމިޔާބުކޮށްދިން އަބޫބަކުރު އާދަމް (ބާޑޭ އަބޫ) އެވެ.

ރޭގެ ފަހު މެޗުގައި ހިރަފުސް އަދި ޓީމް ސްޓޯން ބައްދަލުކުރިއިރު 9-1 އިން މެޗު ކާމިޔާބުކުރީ ހިރަފުސްއިންނެވެ. މި މެޗުގެ ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްފައިވަނީ ހިރަފުސްއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ހިރަފުސްގެ ސިނާން އިބްރާހިމް (ސިންނެ) އެވެ. މި މެޗުގައި ހިރަފުސްގެ އަންވަރު އާދަމް ވަނީ ހިރަފުސް އަށް 4 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

މި މުބާރާތުގެ މެޗުތައް ކުރިއަށް ދަނީ އެސްޓީއޯ ނޫފަހި އެރީނާގަ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ޖުލައި 9 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ޖުމްލަ 20 ޓީމް ވާދަކުރެ އެވެ.

މިރޭވެސް މި މުބާރާތުގައި ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސޮލެނޮއިޑް އަދި އެރީނާ ކިންގެވެ. ދެވަނަ މެޗުގައި ކުޅުދުއްފުށި ލައިވް އާއި ޑްރިބަލް ބައްދަލުކުރާއިރު ފަހު މެޗުގައި ކުޅޭނީ މިސްޓޭކް އަދި އެފްސީ 31 އެވެ. މިރޭގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 21:45 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355