twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކްލަބް ކޮރަލްސް ފުޓްސަލް ޗެލެންޖްގެ ސެމީގެ ފުރަތަމަ ދެ ޖާގަ ހިރަފުސް އަދި ހޮޓްސޮޓަށް

Jul 5, 2015

 

ކްލަބް ކޮރަލްސް ފުޓްސަލް ޗެލެންޖް 2015 ގެ ކުއާޓަރ ފައިނަލްސްގެ ފުރަތަމަ ދެ ޖާގަ ހިރަފުސް އަދި  ހޮޓްސޮޓުން ހޯދައިފި އެވެ.

މިރޭ ކުޅުނު ކުއާޓަރ ފައިނަލްސްގެ ފުރަތަމަ މެޗުގައި ގުރޫޕް އޭ ގެ އެއްވަނަ އެފްސީ ކެމްޕަސް އާއި ގުރޫޕް ބީ ގެ ދެވަނަ ހިރަފުސް ބައްދަލުކުރި މެޗު 13-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ހިރަފުސްއިންނެވެ. ފުރަތަމަ ހާފު 10-0 އިން ނިމިގެން ދިޔަ ނަމަވެސް ފަހު ހާފު ފެނިގެންދިޔަ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ހިރަފުސްގެ އަލީ އާދަމް (ބާޑޭ) އެވެ.

މިރޭގެ ދެވަނަ ކުއާޓަރ ފައިނަލުގައި ގުރޫޕް ސީ ގެ އެއްވަނަ ޑްރިބަލް ވަނީ ގުރޫޕް ޑީ ގެ ދެވަނަ ހޮޓްސޮޓް އަތުން ބަލިވެފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 6-6 އިން ނަތީޖާ ހަމަހަމަވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ހޮޓްސޮޓްގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައިވާއިރު ޑްރިބަލް އިން ޖެހި ފަހު ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. މެޗު 9-8 އިން ނިމިގެން ގޮސްފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޮޓްސޮޓަށް 4 ލަނޑު ޖަހައިދިން މުހައްމަދު މުސްތަފާ އެވެ.

މާދަމާ ރޭ ކުޅޭ ކުއާޓަރ ފައިނަލްސްގެ ފުރަތަމަ މެޗުގައި ގުރޫޕް ބީ ގެ އެއްވަނަ އެފްސީ ބިއާޑް ނުކުންނާނީ ގުރޫޕް ސީގެ ދެވަނަ ކުޅުދުއްފުށި ލައިވްއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ގުރޫޕް ޑީ ގެ އެއްވަނަ އީކުއޭޓަރ ނުކުންނާނީ ގުރޫޕް އޭ ގެ ދެވަނަ އެފްސީ ނިޑޭއާ ދެކޮޅަށެވެ.

މުބާރާތުގެ މެޗުތައް ރޭގަނޑު 10:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މެޗުތައް ކުރިއަށްދާނީ އެސްޓީއޯ ނޫފަހި އެރީނާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355