twitterviber whatsapp telegramfacebookyoutube instagram
5th May 2024

ސެމީގެ ފަހު ދެ ޖާގަ އެފްސީ ބިއަޑް އަދި އެފްސީ ނިޑޭ ހޯދައިފި

Jul 6, 2015

ކްލަބް ކޮރަލްސް ފުޓްސަލް ޗެލެންޖް 2015 ގެ ސެމީގެ ފަހު ދެ ޖާގަ އެފްސީ ބިއަޑް އަދި އެފްސީ ނިޑޭ ހޯދައިފި އެވެ.

ރޭ ކުޅުނު ތިން ވަނަ ކުއާޓަރ ފައިނަލް މެޗު ބިއަޑް އިން ކާމިޔާބުކުރީ ކުޅުދުއްފުށި ލައިވް 9-6 އިން ބަލިކޮށްގެންނެވެ. ފުރަތަމަ ހާފުގެ ބޮޑުބައި ކައުންޓަރ އެޓޭކްގައި ކުޅުދުއްފުށީ ލައިވް އިން ކުޅުނުއިރު ފުރަތަމަ ހާފު ނިމިގެން ދިޔައީ 4-4 އިން އެއްވަރުވެގެންނެވެ.

ފަހު ހާފުގެ ފުރަތަމަ 10 މިނެޓް ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ފަހު 10 މިނެޓް ބިއަޑްއިން ކޮންޓްރޯލްކޮށް 3 ލަނޑު ޖަހާފައިވެ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބިއަޑްގެ ހަސަން މުހައްމަދެވެ.

ކުއާޓަރ ފައިނަލް ފަހު މެޗުގައި ރޭ އެފްސީ ނިޑޭ ވަނީ އީކުއޭޓަރ 4-7 އިން ބަލިކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ނިޑޭއިން ދެ ލަނޑު ޖަހާ ލީޑު ނަގާފައި ވަނިކޮށް އީކުއޭޓަރ ވަނީ 2 ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. ނަމަވެސް ނިޑޭއިން އަލުން ގޭމްގެ ކޮންޓްރޯލް ހޯދައި މުޅި މެޗުގައިވެސް ލީޑު ދަމަހައްޓާފައިވެ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އެފްސީ ނިޑޭގެ އަސްވަދު ރަޝީދު (އަސްލޭ) އެވެ.

ސެމީ ފައިނަލްގެ މެޗުތައް މި މަހުގެ 7 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހިރަފުސް އަދި ހޮޓްސޮޓެވެ. ދެވަނަ މެޗުގައި ކުޅޭނީ އެފްސީ ބިއަޑް އަދި އެފްސީ ނިޑޭ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355