twitterviber whatsapp telegramfacebookyoutube instagram
10th May 2025
ADVERTISEMENT

ކްލަބް ކޮރަލްސް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އެފްސީ ބިއަޑް ހޯދައިފި

Jul 10, 2015

 

ކްލަބް ކޮރަލްސް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އެފްސީ ބިއަޑް ހޯދައިފި އެވެ.

މިރޭ ކުޅެވުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ 6-6 އިން އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ބިއަޑްގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައިވާއިރު، ހިރަފުސްއިން ޖެހި ދެ ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެއް ޕެނަލްޓީ އެވެ.

މެޗު ފަށައިގެން ބިއަޑްއިން 5 ވަނަ މިނެޓް ލީޑު ނެގި ނަމަވެސް ހިރަފުސްއިން ވަނީ ކުޑައިރުކޮޅެއް ތެރޭ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް 7 ވަނަ މިނެޓްގައި ބިއަޑްއިން އަލުން ލީޑު ހޯދިއިރު ހިރަފުސްއިން ވަނީ އަނެއްކާވެސް އޭގެ އެއް މިނެޓް ފަހުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ފުރަތަމަ ހާފު 2-2 އިން ނިމުނު ނަމަވެސް ފަހު ހާފުގެ ގިނަ ވަގުތުގައި ހިރަފުސް އިން ވަނީ ލީޑު ދަމަހައްޓާފަ އެވެ. ނަމަވެސް ބިއަޑް އިން ފަހު ވަގުތު ކާމިޔާބުކުރި ދެ ލަނޑުން އެ ޓީމުން ވަނީ މެޗު ޕެނަލްޓީއާ ހަމައަށް ގެންގޮސްފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބިއަޑްގެ އިބްރާހިމް އާސިފް (އަފައި) އެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް އީކުއޭޓަރ ހޮވުނުއިރު 30 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ އަހްމަދު ޤާސިމް (ކުމާ) އެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ބިއަޑްގެ އިބްރާހިމް ހަސަން (ކުޑަ އިއްބެ) އެ ޓީމުގެ ހަސަން މުހައްމަދު (ނޫވިލޭ)، ހިރަފުސްގެ އަލީ އާދަމް (ބާޑޭ) އާއި އެ ޓީމުގެ އަހްމަދު ދާއޫދު (ފޯއްޅެ) އަދި ހޮޓްސޮޓްގެ މުހައްމަދު މުސްތަފާ އެވެ.

 

 

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com