twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކުއަންޓަން ވެޓެރަންސް ކަޕް 2015 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Jul 16, 2015

ކުއަންޓަމް ވެޓެރަންސް ކަޕް 2015 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުއަންޓަމް އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ވެޓެރަންސް ކަޕަކީ 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

21 އޯގަސްޓްގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުން ކުޅުންތެރިން 31 ޖުލައި 2015 ގެ ކުރިން ކުއަންޓަމް ފިހާރާގައި ނަންނޯޓް ކުރަން ޖެހޭނެ ކަމަށް ކުއަންޓަމް އިން މައުލޫމާތުދެ އެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 21 އޯގަސްޓް 2015 އަށް 35 އަހަރުވާ ކުޅުންތެރިންނަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާ މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު ފައިސާގެ އިނާމު ހަމަޖެހޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުއަންޓަމްގެ ވެރިފަރާތް އަހްމަދު ދީޕު މައުލޫމާތު ދެއްވި އެވެ. އަދި ރަނަރއަޕް ޓީމަށް މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނާއި 45 އަހަރުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފ ދަ މެޗު ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ކުއަންޓަމް އިން މައުލޫމާތު ދެ އެވެ.

2014 ވަނަ އަހަރު އަލަށް ބާއްވަން ފެށި މި މުބާރާތުގައި ވޭތުވެދިޔަ އަހަރު އަށް ޓީމެއް ވާދަކޮށްފައިވާއިރު ޓީމުތައް ހޮވަނީ ނަންނޯޓް ކުރާ ކުޅުންތެރިން ގުރުއަތުން ޓީމުތަކަށް ބަހައިގެންނެވެ.

މުބާރާތާއި ގުޅޭ މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ފަރާތްތަކުން 6528687 އާ ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް ކުއަންޓަމް އިން މައުލޫމާތުދެއްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355