twitterviber whatsapp telegramfacebookyoutube instagram
20th April 2025

ނޭކުރެންދޫގައި ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތެއް ބާއްވައިފި

Jul 19, 2015

ނޭކުރެންދޫގައި ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތެއް ބާއްވައިފި އެވެ.

ހދ.ނޭކުރެންދޫ އެންޑް ޖަމިއްޔާގެ ފަރާތުން ފިތުރު އީދާ ގުޅުވައިގެން ތްރީ އެންޑް ތްރީ ފުޓްބޯޅ މުބާރާތެއް ބާއްވައިފި އެވެ.

އެންޑް ޖަމިއްޔާއިން އަމިއްލަ ގަވައިދުތަކެއްގެ މައްޗަށް ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތަކީ އެކިއެކި އުމުރުފުރާގެ ޒުވާނުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މުބާރާތެކެވެ.

އެގޮތުން މުބާރާތް ކުރިއަށް ގެންދަނީ ތިން އުމުރުފުރައަކަށް ބަހާލައިގެން ސީނިއާ ޓީމުތަކަކާއި ޖޫނިއާ ޓީމާއި އަދި އަށް އަހަރުން ދަށާއި މަތީގެ އުމުރުފުރާތަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި ހަ ސީނިއާ ޓީމާއި ދެ ޖޫނިއާ ޓީމް ބައިވެރިވިއިރު، އަށް އަހަރުން މަތީގެ ހަތް ޓީމް އަދި އަށް އަހަރުން ދަށުގެ ހަ ޓީމު މުބާރާތުގައި ބައިވެރިވި އެވެ.

މީގެ އިތުރުން އެންޑް ޖަމިއްޔާއިން ވަނީ އަންހެނުންނަށް ހާއްސަކޮށްގެންވެސް ފުޓްބޯޅަ މުބާރާތެއް ކުރިއަށްގެންދާގޮތަށް ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355