twitterviber whatsapp telegramfacebookyoutube instagram
5th May 2024

ޕެރަ ބައިބަލާ ޗެލެންޖްގެ ޗެމްޕިއަންކަން މަންގަނޑަށް، މިސްޓަރ ބައިބަލާއަކަށް ޝިރާން

Jul 21, 2015

ޕެރަ ބައިބަލާ ޗެލެންޖް 1436 ގެ ޗެމްޕިއަންކަން މަންގަނޑު ހޯދިއިރު، މިސްޓަރ ބައިބަލާ އަކަށް މަންގަނޑުގެ ޝިރާން ހޮވިއްޖެ އެވެ.

30000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ ޕެރަ ބައިބަލާ ޗެލެންޖް ގެ ޗެމްޕިއަންކަން މަންގަނޑުއިން ހޯދީ ފައިނަލުގައި ނިއުއޭޖް ގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފުރަތަމަ ގޭމްގައި މަންގަނޑުއިން ވަނީ ބޭރުން ކުޅެ 3 މިނެޓްތެރޭ ގޭމް ހޯދާފަ އެވެ. ދެވަނަ ގޭމް ނިއުއޭޖްއިން ވެސް ވަނީ ބޭރުން ކުޅެ ތިން މިނެޓްތެރޭ ބޭރު ގޭމް ކާމިޔާބުކޮށްފަ އެވެ. ފައިނަލް މެޗު ގަދަ ހިފުމުން މަންގަނޑު ކާމިޔާބުކުރިއިރު ތިން ގަދަ ހިފުމުންވެސް މޮޅުވެފައިވަނީ ބޭރުން ކުޅުނު ކުޅުންތެރިޔާއެވެ.

މިސްޓަރ ބައިބަލާކަން ލިބުނު ޝިނާންއަށް ކުޅުދުއްފުށި އޮންލައިންގެ ފަރާތުން ހުށަހެޅި ފައިސާގެ އިނާމް ކުޅުދުއްފުށި އޮންލައިންގެ ސްޕޯޓް ޖަރނަލިސްޓް ހަވާލުކޮށްދެއްވަނީ–ފޮޓޯ: ވާހިދު

ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާ އިނާމާއި ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ މި މުބާރާތުގެ ދެ ކޯޑިނޭޓަރުން ކަމުގައިވާ ފާރޫޤް މުހައްމަދު، އަކްރަމް މުހައްމަދު އަދި ޕެރައިގެ ރައީސް އަބޫބަކުރު ނިޔާޒް އެވެ.

ކުޅުދުއްފުށި އޮންލައިން ގެ ފަރާތުން 3000 ރުފިޔާގެ ފައިސާ އިނާމު ހުށަހަޅާފައިވާ މިސްޓަރ ބައިބަލާއަކަށް ހޮވިފައިވަނީ މަންގަނޑުގެ ޝިރާން އަބްދުﷲ އެވެ. އަދި އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ ޝިރާން އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން–ފޮޓޯ: ވާހިދު

މުބާރާތުގެ އެންމެ މޮޅު އެޓޭކިން ކުޅުންތެރިޔަކަށް މަންގަނޑުގެ އިސްމާއީލް އަހްސަން ހޮވުނުއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ މަންގަނޑުގެ ޝިރާން އަބްދުﷲ، އެ ޓީމުގެ އިސްމާއީލް އަހްސަން، ޖެމްރޮކް ގެ ހަސަން ސާމީ، ހަމަ އެ ޓީމުގެ ޝަމްނޫޒް މުހައްމަދުގެ އިތުރުން މިސްޓޭކްގެ އަމްޖަދު މުހައްމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355