twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ޕްރެޒިޑެންޓްސް ކަޕް ކުޅުދުއްފުއްޓާއި އައްޑޫ ބާއްވަން ނިންމައިފި

Aug 12, 2015

ޕްރެޒިޑެންޓްސް ކަޕް ސެޕްޓެމްބަރު މަހު ކުޅުދުއްފުއްޓާއި އާއި އައްޑޫ ސިޓީގައި ބާއްވަން އެފްއޭއެމުން ނިންމައިފި އެވެ.

ކުރިން އަހަރުގެ ފަހުކޮޅު ބާއްވަން ޝެޑިއުލްކުރި ނަމަވެސް މިހާރު މުބާރާތް އަވަސްކޮށް ސެޕްޓެމްބަރު 15-30 އަށް މާލޭއިން ބޭރުގައި ބާއްވަން ނިންމީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ފަހު ގައުމީ ފުޓްބޯޅަ ސްޓޭޑިއަމުގެ ވިނަގަނޑު ހަލާކުވެފައިވާތީ އެވެ.

މިއީ 1950 ވަނަ އަހަރު ފެށި ގައުމީ ފުޓްބޯޅަ މުބާރާތް މާލޭއިން ބޭރުގައި ބާއްވާ ދެ ވަނަ ފަަހަރެވެ. މީގެ ކުރިން 1970ގެ އަހަރުތަކުގެ ތެރޭގައި އައްޑޫގައި މުބާރާތް ބާއްވާފައިވެ އެވެ. މިއީ ކުޅުދުއްފުށީގައި މިމުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

އެފްއޭއެމުން ގެނައި ބަދަލާ އެކު ޕްރެޒިޑެންޓްސް ކަޕުގައި ލީގުގައި ވާދަކުރާ 8 ޓީމު ވާދަކުރާނެ އެވެ. ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެވެ. ކުރިން މުބާރާތް ކުޅެނީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ތިން ސެމީ ފައިނަލް ކުޅޭ އުސޫލުންނެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު އެއް ގްރޫޕުގެ މެޗުތައް ކުޅޭނީ ހދ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުގަ އެވެ. އަދި އަނެއް ގްރޫޕުގެ މެޗުތައް ކުޅޭނީ ސ. ހިތަދޫ ސްޓޭޑިއަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355