twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ޕްރެޒިޑެންޓްސް ކަޕްގެ ގުރުއަތުލުން ބާއްްވައިފި

Aug 13, 2015

ޕްރެޒިޑެންޓްސް ކަޕުގައި ގްރޫޕުތައް ހިމެނޭ ރަށެއް ކަނޑަ އެޅުމަށް ރޭ ގުރުއަތުލުން ބާއްވައިފި އެވެ.

އެފްއޭއެމް ހައުސްގައި މުބާރާތުގައި ވަދަކުރާ ޓީމުތަކުގެ ހާޒިރުގައި ބޭއްވި ގުރުނެގުމުގެ ސެރަމަނީގައި ކުޅުދުއްފުށީ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިންޓާއި ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަދި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

އައްޑޫ ސިޓީގެ ގުރޫޕްގައި ހިމެނެނީ އީގަލްސްއާއި މާޒިޔާ އަދި ކުލަބު ވެލެންސިއާގެ ވިކްޓްރީ އެވެ.

ކުޅުދުއްފުށީގައި ކުޅުމަށް ހަމަޖެހިފައިވަ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. އަދި އައްޑޫސީޓީގެ ހިމެނޭ ޓީމްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.

ސެޕްޓެމްބަރ މަހު 15 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އެމަހު 29 ވަނަ ދުވަހު އައްޑޫގަ އެވެ.

ރިން ޕްރެޒިޑެންޓް ކަޕަށް ކޮލިފައިވަނީ ދިވެހި ލީގުގެ ގަދަ ހަތަރު ޓީމު ނަމަވެސް އެފްއޭއެމްގެ ނޯލައިޒޭޝަން ކޮމިޓީން ފުޓްބޯޅަ ސީޒަންގެ މުބާރަތްތަކަށް ގެނައި ބައެއް ބަދަލު ތަކުގެ ތެރޭގައި މިހާރު ޕްރެޒިޑެންޓް ކަޕްގައި ވާދަ ކުރަ ގޮތަށް ހަމަޖައްސާފައި ދިވެހި ލީގްގެ އެންމެ ވަރުގަދަ ހަ ޓީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355