twitterviber whatsapp telegramfacebookyoutube instagram
2nd September 2025

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޕްރެކްޓިސް ފަށައިފި

Aug 16, 2015

މިނިވަން 50 ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާ ކުޅުދުއްފުށީ ޓީމުގެ ޕްރެކްޓިސް ސެޝަންތައް ފަށައިފި އެވެ.

އިއްޔެ ހަވީރު ހިރަފުސް ދަނޑުގައި ފެށި ޕްރެކްޓިސްގައި ޖުމްލަ 23 ކުޅުންތެރިން ބައިވެރިވެފައިވާއިރު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ފެނާންޑޯ އެވެ. މިއީ ގިނަ ދުވަހު ރާއްޖޭގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ. ފެނާންޑޯ ވަނީ މީގެ ކުރިންވެސް ކުޅުދުއްފުށީގެ ޓީމުތަކަށް ކޯޗުކަން ކޮށްދީފަ އެވެ.

ފެނާންޑޯގެ އިތުރުން ޓީމުގެ އޮފިސަލުންގެ ގޮތުގައި މުހައްމަދު ދާއޫދު (ފޯއްޅެ)، ޔާސިރު އަބްދުލް ލަތީފް (ޔާއްޓެ)، އަހްމަދު އިސްމާއީލް (ކުޑަ އިއްލެ) ގެ އިތުރުން އިބްރާހިމް އަސިފް (އަފައި) ވެސް ވަނީ ޓީމުގެ އޮފިޝަލުންގެ ގޮތުގައި މި ޕްރެކްޓިސް ސެޝަން ތަކުގައި ހަރަކާތްތެރިވެފަ އެވެ. މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލް މެންބަރު އިބްރާހިމް އައްބާސް ވެސް މި ސެޝަންގައި ހަރަކާތްތެރިވެފައި އެވެ.

އިއްޔެގެ ޕްރެކްޓިސް ސެޝަންގެ އިތުރުން ރޭ ކައުންސިލް އިދާރާގައި ކޯޗުގެ ލެކްޗަރ ސެޝަންއެއް ކުރިއަށް ދިޔައިރު މިއަދު ހެނދުނު ވެސް ވަނީ ހިރަފުސް ދަނޑުގައި ޕްރެކްޓިސް ސެޝަން އެއް ކުރިއަށް ގެންގޮސްފަ އެވެ.

މިއަދު ހަވީރު 16:15 ގައި ޒޯން ސްޓޭޑިއަމްގައި ޕްރެކްޓިސް ސެޝަންއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޓީމުގެ މެނޭޖްމެންޓުން މި ޕްރެކްޓިސް ސެޝަންތަކުގައި ވީހާވެސް ގިނަ ގިނަ ކުޅުންތެރިން ބައިވެރުވުމަށް ރިކުއެސްޓް ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355