twitterviber whatsapp telegramfacebookyoutube instagram
30th August 2026

މައިލޯ އެތްލެޓިކްސް މީޓުގައި ކުޅުދުއްފުށީގެ ސްކޫލުތަކުން ބޮޑު ކާމިޔާބީއެއް ހޯދައިފި

Aug 17, 2015

18 ވަނަ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީ ބައިވެރިވި ޖަލާލުއްދީން ސްކޫލް އަދި ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލެޓިކްސް ޓީމުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި އެވެ.

ޖަލާލުއްދީން ސްކޫލް ޓީމުންވަނީ 17 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެޓީމްގެ ނަޝާ ނިޒާރުވަނީ 17 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ އެންމެ މޮޅު އެތްލީޓްގެ މަގާމް ވެސް ހޯދާފައެވެ.

މިމުބާރާތުން ޖަލާލުއްދީން ސްކޫލް ވަނީ 18 ރަން މެޑެލްއާއި 19 ރިހި އަދި 10 ލޯ މެޑެލް ހޯދާފަ އެވެ.

އަތޮޅު ތައަލީމީ މަރުކަޒުގެ ޓީމުން ހޯދި ކާމިޔާބީ ތަކުގެތެރޭގައި 11 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހިމެނެއެވެ.

އަދި 11 އަހަރުން ދަށުގެ އަންހެން ކެޓަގަރީން އެންމެ މޮޅު އެތްލީޓަކަށް ހޮވިފައިވަނީ އެސްކޫލް އެތްލެޓިކްސް ޓީމްގެ ރިފާ މުހައްމަދެވެ. އެޓީމުން 36 ރަން މެޑައްޔާއި 12 ރިހިމެޑެލް އަދި 5 ލޯ މެޑެލް ހޯދާފައިވެ އެވެ.

މި މުބާރާތުގައި ވާދަކުރީ މާލޭގެ 11 ސްކޫލާއި އަތޮޅުތަކުން 9 ސްކޫލެވެ ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355