twitterviber whatsapp telegramfacebookyoutube instagram
25th May 2026

ކުއަންޓަމް ވެޓަރަންސް ފުޓްސަލް ކަޕް 2015 ފަށައިފި

Aug 22, 2015

ކުޅުދުއްފުށީގައި ކޮމްޕިއުޓަރާ ބެހޭ ސާމާނު ވިއްކާ ކުއަންޓަމް ފިހާރައިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ “ކުއަންޓަމް ވެޓަރަންސް ކަޕް “2015 ރޭ ފަށައިފި އެވެ.

ޖުމްލަ 10 ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާ ކުއަންޓަމް ވެޓަރަންސް ކަޕް ފައްޓަވައި ދެއްވީ ކައުންސިލްގެ މެމްބަރު އިބްރާހިމް އައްބާސް އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރޭގެ ފުރަތަމަ މެޗު ވަނީ ދެވަނަ ހާފްގައި މެދުކަނޑާލާފައި އެވެ. އަދި ވިއްސާރާގެ ސަބަބުން ރޭ ދެވަނަ މެޗް ވެސް ވަނީ ފަސްކޮށްފަ އެވެ.

މިރޭ މޫސުން ތަންދޭނަމަ މެޗްތައް ކުރިޔަށް ދާނެކަމަށް ކުއަންޓަމްއިން މައުލޫމާތު ދިނެވެ.

އެގޮތުން މުބާރާތުގެ މުޅި ޝެޑިއުލް އެއް ދުވަސް ލަސްވާނެ ކަމަށްވާނެ އެވެ ނަމަވެސް ގަޑިތަކަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ކުއަންޓަމް އިން ބުންޏެވެ.

ރޭގެ ފުރަތަމަ މެޗް ގައި ވާދަ ކުރައްވާފައި ވަނީ އެފް.ސީ ނިޒާރު އަދި ޓީމް ސެލްފީ އެވެ.

ވޭތުވެ ދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމް ވާދަކޮށްފައިވާއިރު ޗެމްޕިއަންކަން ހޯދީ ހެވިޓް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355