twitterviber whatsapp telegramfacebookyoutube instagram
15th July 2026

ކުއަންޓަމް ވެޓަރަންސް ކަޕްގެ ފުރަތަމަ ރޭގެ މެޗުތައް ވިއްސާރަ ވުމުގެ ސަބަބުން މެދު ކަނޑާލައިފި

Aug 22, 2015

ދެވަނަ ކުއަންޓަމް ވެޓަރަންސް ކަޕްގެ ފުރަތަމަ ރޭގެ މެޗުތައް ވިއްސާރަވުމުގެ ސަބަބުން މެދުކަނޑާލައިފި އެވެ.

ކުޅުދުއްފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ ޓީމް ސެލްފީ އަދި އެފްސީ ނިޒާރު އެވެ. މި މެޗު މެދު ކަނޑާލިއިރު 3-1 އިން ކުރީގައި އޮތީ ޓީމް ސެލްފީ އެވެ. މި މެޗުގެ ބާކީ އޮތް 15 މިނެޓް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ރޭ ކުޅެން ހަމަޖެހިފައި އޮތް ފަހު ދެ މެޗުވެސް ވަނީ މިރެއަށް ފަސްކޮށްފަ އެވެ.

މިރޭގެ ކުޅުން 2030 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ މިއެސްޓަރ އަދި ސްޕީޑް އެވެ. ފަހު މެޗުގައި ބައްދަލުކުރާނީ ސާސްލަސް އަދި ލަކީ ސެވަން އެވެ.

މިއީ 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުއަންޓަމް އިން ބާއްވަމުން އަންނަ މީގެ ދެވަނަ މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355