twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ފުޓްބޯޅަ ހަޔާތުގައި މިހާރު އެންމެ ބޭނުންވަނީ މިނިވަން 50 މުބާރާތް ކާމިޔާބު ކުރަން: ފަރުހަތު

Aug 23, 2015

ކުޅުދުއްފުށީގައި އެންމެ ގިނަ ފުޓްބޯޅަ މުބާރާތްތަކެއް ބޭއްވި 2013 ވަނަ އަހަރު، ކުއަންޓަމްއިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ހޮވުނު ކުޅުދުއްފުށީ ބޮޑުރުއްދޮށުގޭ ފަރުހަތު މުހައްމަދަކީ ފުޓްބޯޅައިގައި ވިދަމުން އަންނަ ނަމެކެވެ. އާންމު ނަމުން ނަމަ ފަރޭ އަކީ ކުޅުދުއްފުށި ދުށް މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ހިމެނޭ ކުޅުންތެރިއެކެވެ. މިހާތަނަށް 8 މުބާރާތެއްގެ ޗެމްޕިއަންކަން ހާސިލުކޮށް ގިނަ މުބާރާތްތަކަކުން ރަންވަނަތަކެއް ހޯދާފައިވާ ފަރުހަތު ވަނީ އެންމެ ފަހުން ކުޅުދުއްފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ހިރަފުސް ކަޕް 8 ގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދާފަ އެވެ.

މި ވަގުތު ކުޅުދުއްފުށީގެ ފުޓްބޯޅައަށް އެންމެ މުހިއްމު ވެފައިވަނީ އޮކްޓޫބަރު 15 ގައި ފެށުމަށް ހަމަޖެހިފައިވާ މިނިވަން 50 މުބާރާތް ކާމިޔާބުކުރުން ކަމުގައިވާއިރު މި ވަގުތު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހުރި ފަރުހަތު މި މުބާރާތުގައި މުހިއްމު ދައުރެއް އަދާކުރާތަން ދުށުމަކީ އަޅުގަނޑުމެން އެންމެ ބަލަން ބޭނުންވާ އެއް މަންޒަރެވެ. މިގޮތުން ފަރުހަތުގެ ފުޓްބޯޅަ ހަޔާތުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ މި މުބާރާތް ކުޅުދުއްފުއްޓަށް ކާމިޔާބު ކޮށްދިނުމެވެ.

ކްލާސް މެޗުތަކުން ފުޓްބޯޅަ ހަޔާތް ފެށި ފަރުހަތު ފަސްޓް ޑިވިޝަނުން ކުޅެން ލިބުނު ފުރުސަތު ދޫކޮށްލީ ވަޒީފާއަށް އިސްކަން ދިނުމުގެ ގޮތުންނެވެ. މަގްލަސް އަދި ޒުވާނުންގެ ޖަމިއްޔާގެ އިތުރުން ކުޅުދުއްފުށީގެ ތަފާތު ގިނަ ޓީމުތަކަށް ކުޅެފައިވާ ފަރުހަތު ރާއްޖޭގެ ކުޅުންތެރިން ތެރެއިން އެންމެ ސަޕޯޓް ކުރަނީ އަޝްފާގަށެވެ. އަދި ރާއްޖޭއިން ބޭރުން އެންމެ ސަޕޯޓް ކުރަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރެޒިލްގެ ރޮނާލްޑޯ އަށެވެ.

ފަރުހަތު ޤަބޫލު ކުރާ ގޮތުގައި ޒުވާނުން ނުވަތަ ޅަ ކުދިން ފުޓްބޯޅަ ދަނޑުން ފެންނަލެއް މަދުވާ އެންމެ ބޮޑު ސަބަބަކީ ފުޓްބޯޅައަށް ލޯބި ނެތުމާއި ފުޓްބޯޅައަށް ރަށުގައި އޮންނަ ފޯރިވެސް ނެތިގެން ދިއުމެވެ. ފަރުހަތު ޒުވާނުންނަށް ބުނެލަން ބޭނުންވަނީ ގިވް އަޕް ނުކޮށް އަމިއްލަ މަސައްކަތާއި ކެރުން އިސްކޮށްގެން ކުރިއަރާ ދިއުމަށެވެ.

“ކަމެއް ކުރަން ދިމާކޮށްފިއްޔާ ޓާގެޓް ކަނޑައަޅާފަ އެ ޓާގެޓްއަށް ވާސިލްވާން ހުރަސް ކުރަން ޖެހުނު ކޮންމެ ތަނެއް ހުރަސް ކުރުމަށް އަޒުމް ކަނޑައަޅާ އެ ދިމާލަށް މަސައްކަށް ކޮށް ހިތްވަރާއެކު ކުރިޔަށް ގޮސްފިނަމަ ޓާގެޓްއަށް ވާސިލް ވާކަށް ގިނަ ދުވަހެއް ނުނަގާނެ. އަދި ކޮންމެ ކުޅުންތެރިޔަކީ ޑިސިޕްލިން އަނެކާއަށް ރެސްޕެކްޓް ކުރާ ހާޑްވޯކިން މީހަކަށް ވާން ޖެހޭނެ. އަދި ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ ﷲ ގެ އިރާދަފުޅުންކަން ދަނެ ދީނީ ކަނަކަމަށް ފަރުވާ ކުޑަކޮށްގެން ނުވާނެ.” އެއްވެސް ކޯޗަކާއެކު އަދި މަސައްކަތް ކުރުމަށް އުދަނގޫވެފައި ނެތް ފަރުހަތު ނިންމާލަމުން ބުންޏެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ފަރުހަތަށް ދާދި ފަހުން ފިރިހެން ކުއްޖަކު ލިބިފައިވާއިރު ކުރިއަށް ދިއުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އާއިލާ އާއި ރައްޓެހިންގެ ފަރާތުންކަން ފަރުހަތު ފާހަގަކުރިއެވެ. އަޅުގަނޑުމެން ފަރުހަތަށް އެދެނީ އިތުރު ކާމިޔާބީ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355