twitterviber whatsapp telegramfacebookyoutube instagram
20th April 2025

ޗެމްޕިއަންސް ލީގުގެ ގުރުއަތު ނަގައިފި

Aug 28, 2015

 

ޗެމްޕިއަންސް ލީގުގެ ގުރުއަތު ނަގައިފި އެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ފަސް ޓީމް ވާދަކުރާއިރު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއަށް ވާދަކުރަން ޖެހެނީ ބަޔާން ލެވަކޫސަން، އޭ.އެސް ރޯމާ އަދި ބާޓޭ ބޮރިސޯވް އާ އެކު ގުރޫޕް އީ ގަ އެވެ. އަދި އޭގެ ކުރީ ސީޒަނުގެ ޗެމްޕިއަނުން ކަމުގައިވާ ރިއަލް މެޑްރިޑަށް ފުރެންޗް ޗެމްޕިއަންސް ޕީއެސްޖީ އާއި މަލްމޯ އަދި ޝަކްތަރު އާއެކު ގުރޫޕް އޭ އަށް ލައްވާލާފައިވާއިރު ގުރޫޕް ބީ ގައި ހިމެނެނީ ސީއެސްކޭއޭ މޮސްކޯ، މެންޗެސްޓަރ ޔުނައިޓެޑް، ޕީއެސްވީ އަދި ވޫލްފްސްބާގް އެވެ.

ވޭތުވެދިޔަ 4 ޗެމްޕިއަންސް ލީގުގައި 3 ވަނަ ފަހަރަށް އާސެނަލް އަދި ބަޔާން ބައްދަލުކުރަން ޖެހުނުއިރު މި ގުރޫޕްގައި ދެން ހިމެނެނީ ޑައިނަމޯ ޒަގްރަބް އަދި އޮލިމްޕިއާކޯސް އެވެ. ބެންފީކާ، އެތުލެޓިކޯ މެޑްރިޑް، ގަލަތަސަރާއީ އަދި އަލްތާނާ ގުރޫޕް ސީ އަށް ލައްވާލިއިރު ގުރޫޕް ޑީ ގައި ހިމެނެނީ ޔުވެންޓަސް، މެންޗެސްޓަރ ސިޓީ، ސެވިއްޔާ އަދި ބޮރޫސިޔާ މޮންކެންގްލެޑްބެކް އެވެ.

ޗެލްސީ ގުރޫޕް ޖީ އަށް ލައްވާލިއިރު މި ގުރޫޕްގައި ދެން ހިމެނެނީ ޕޯޓޯ، ޑައިނަމޯ ކިއެވް އަދި މަކާބީ ތެލް އަވީވް އެވެ. ގުރޫޕް އެޗްގައި ހިމެނެނީ ޒެނިޓް، ވެލެންސިޔާ، ލިއޯން އަދި ގެންޓް އެވެ.

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖް މެޗުތައް ފެށޭނީ އަންނަ މަހު 15 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355