twitterviber whatsapp telegramfacebookyoutube instagram
25th May 2026

ވީހާވެސް ގިނަ ސަޕޯޓަރުން ނިއުއަށް ސަޕޯޓްކުރުމަށް ދަނޑަށް ދިއުމަށް އެދެން: އަޑުބަރޭ

Sep 14, 2015

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ނޫކުލައިގެ ޖަރޒީ ލައިގެން ވީހާވެސް ގިނަ ސަޕޯޓަރުން މާދަމާ މެޗަށް ސަޕޯޓްކުރުމަށް ދަނޑަށް ދިއުމަށް ނިއުރޭޑިއަންޓްގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އެދެފި އެވެ.

“އަޅުގަނޑުމެން އެންމެ އުފާވީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޓީމަކަށްވާތީ އަދި އަމުދުން ކުޅުދުއްފުށީގައި ކުޅެލަން ފުރުސަތު ލިބޭތީ” މިއަދު ކުޅުދުއްފުށީ ހިރަފުސް ދަނޑު އޮތް ޕްރެކްޓިސްއަށް ފަހު ކުޅުދުއްފުށި އޮންލައިންއަށް އިންޓަވިއު ދެމުން އަޑުބަރޭ ބުންޏެވެ.

ނިއުރޭޑިއަންޓްގެ ޗެއާމަނަކީ ކުޅުދުއްފުށީ، ބަނދަރު އަލީ ވަހީދެވެ.

އޭނާ ބުނީ މާދަމާ މެޗަށް ޓީމު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަކަމަށާއި އަމާޒަކީ ތަށި ކަމަށެވެ. ޓީމުގައި އަނިޔާގެ މައްސަލަ ނެތް ނަމަވެސް ފުރަތަމަ އެގާރަ އަށް ކުޅޭ ދެތިން ކުޅުންތެރިގެން ސަސްޕެންޝަންގެ މައްސަލަ ހުރިކަން އަޑުބަރޭ ފާހަގަ ކުރިއެވެ.

ނިއުރޭޑިއަންޓްގެ ހޮކޭ އަށް މާދަމާ ނުކުޅެވޭއިރު 2 ކާޑު ހަމަވުމުގެ ސަބަބުން ވިލިއަމްއަކަށް ވެސް ނުކުޅެވެ އެވެ. އަދި އަނިޔާގެ ސަބަބު އަލަމް ވެސް ނުކުޅެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355