twitterviber whatsapp telegramfacebookyoutube instagram
29th March 2026

މާދަމާ ނިކުންނަނީ ނިއުރޭޑިއަންޓް ބަލިކުރަން: ބީޖީ

Sep 14, 2015

މާދަމާ ބީޖީ ނިކުންނަނީ ތިން ޕޮއިންޓް ހޯދައި ނިއުރޭޑިއަންޓް ބަލިކުރަން ކަމަށް ބީޖީ ސްޕޯޓްސް ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

މިއަދު ހަވީރު “ކުޅުދުއްފުށި އޮންލައިނަށް” ދިން އިންޓަވިއުގައި ޝާޒް ބުނީ މާދަމާ ނިއުރޭޑިއަންޑާއި ބައްދަލުކުރާ މެޗަކީ އެންމެ އުނދަގޫ ވާނެ މެޗްކަމަށެވެ.

ރާއްޖޭގެ ރަށްރަށަކާ ބަލާއިރު ކުޅުދުއްފުށީގެ ދަނޑުތަކުގެ ފެންވަރު ރަނގަޅު ޝާޒް ފާހަގަކުރި އެވެ. އަދި މުބާރާތަށް ބީޖީ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކުޅުދުއްފުށީގައި ފުރަތަމަ ފަހަރަށް ބާއްވާއިރު މިއީ ރަނގަޅު ބަދަލެއް ކަމަށް ޝާޒް ބުންޏެވެ.

ބީޖީ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ނިއުއާ ދެކޮޅަށެވެ. ޝާޒް ބުނީ މިއީ މޮޅުވުން މުހިއްމު މެެޗެއް ކަމަށާއި މި މެޗުން ތިން ޕޮއިންޓް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޓީމަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ދިއުމަށް އެދުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355