ޕްރެޒިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ފަހަތުން އަރާ ބީޖީ ސްޕޯޓްސް ކްލަބް އަތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިއު އިން ކާމިޔާބު ކުރާ 3-1 އިންނެވެ.
މެޗުގެ ފުރަތަމަ ހާފް ފަށައިގެން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި ބީޖީގެ ފޯވާޑް ޑޭވިޑް އެވެ. މި ހާފުގައި ދެޓީމުގެ ފަރާތުން ވެސް ފެނިފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ.
މިއަދުގެ މެޗުގެ ތެރެއިން–
ދެވަނަ ހާފުގައި ނިއު އިން ވަނީ ގޭމް އަވަސްކޮށް އެޓޭކްތައް ގިނަ ކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފެށުނު ތަނާހެން ފާސިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިއުގެ ވިލިއަމް ވަނީ ގޯލެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި އޭގެ ދެ މިނެޓް ފަހުން އިބުރާހިމް ފަޒީލް (އޮއްޕޮ) ވަނީ ވަރަށް ހަނި އޭންގަލް އަކުން ރީތި ގޯލެއް ކާމިޔާބުކޮށް ނިއުއަށް ލީޑު ނަގާދީފައެވެ.
މިއަދުގެ މެޗުގެ ތެރެއިން–
ނިއުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ނިއުގެ ލިލީ ނަގާދިން ހުރަހެއްގައި ވިލިއަމް އެވެ.
މި މުބާރާތުގެ ގުރޫޕު ބީ ގައި އައްޑޫ ސްޓޭޑިއަމްގައި މިއަދު މާޒިޔާ އަދި ވެލެންސިއާ ބައްދަލު ކުރިމެޗު ކާމިޔާބު ކުރީ 2-0 އިން މާޒިޔާއެވެ.
މިއަދުގެ މެޗުގެ ތެރެއިން–
ގްރޫޕް އޭގައި މާދަމާ ކުޅުދުއްފުށީގައި ބައްދަލު ކުރާނީ ޓީސީ އަދި މަހިބަދޫއެވެ. ގްރޫޕް ބީގައި އައްޑޫގައި ބައްދަލު ކުރާނީ ވިކްޓްރީ އަދި އީގަލްސް އެވެ.