twitterviber whatsapp telegramfacebookyoutube instagram
30th August 2026

ނިއު ބަލިކޮށް ޓީސީއިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

Sep 19, 2015

މިއަދު ހަވީރު ޕްރެސިޑެންޓްސް ކަޕްގައި ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް 1-0 އިން ބަލިކޮށް ޓީސީއިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ޓީސީއިން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓް އަލީ ނާފިއު (ކަޅޭ) ޖަހައިދިން ލަނޑުންނެވެ. މިއީ ކޯނަރެއް ކުރުކޮށް ކުޅެފައި ޓީސީގެ ރަފީނިއާ ހެދި ބާރު ޝޮޓުން ނުކުތް ރިބައުންސްގައި ކާމިޔާބުކުރި ލަނޑެކެވެ.

ޓީސީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ–

ނިއުއަށް މި މެޗުގައި ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވި ނަމަވެސް ޓީސީއިން ވމެޗު ކޮންޓްރޯލްކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފަ އެވެ.

މެޗު ތެރޭގައި ވިއްސާރަވުމުން ދެ ޓީމަށް ވެސް ކޮންމެވެސް ވަރަކަށް ކުޅެން އުދަނގޫވި އެވެ.

މި ނަތީޖާއާ އެކު ޓީސީއިން 2 މެޗުން ހަ ޕޮއިންޓް ހޯދާފައިވާއިރު ނިއުއަށް އަދި ބީޖީއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. މަހިބަދޫ އަދި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

މިއަދުގެ މެޗުގެ ތެރެއިން–

މިމުބާރާތުގެ ކުޅުދުއްފުށީ ގުރޫޕުގައި ދެން ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ. ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި މަހިބަދޫ ސްޕޯޓްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355