twitterviber whatsapp telegramfacebookyoutube instagram
1st May 2025
ADVERTISEMENT

އަލާމޫގެ ހެޓްރިކާއެކު މަހިބަދޫ އަތުން ނިއު މޮޅުވެއްޖެ

Sep 21, 2015

ނިއުރޭޑިއަންޓްގެ ބިދޭސީ ފޯވަޑް އާލާމޫ ބުކާލޯގެ ހެޓްރިކާއެކު މަހިބަދޫއަތުން މޮޅުވެ ސެމީގެ ޖާގަ ކަށަވަރުކޮށްފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް އޭގައި މިއަދު ކުޅުދުއްފުށީގައި ކުޅުނުމެޗުން ނިއު މޮޅުވީ މަހިބަދޫއަތުން 4-2 އިންނެވެ.

ސެމީއަށް ދިއުމަށް މިއަދުގެ މެޗުން މޮޅުވާން ދެޓީމަށްވެސް މަޖުބޫރު މެޗު ފަށައިގެން ނިއުއިން ފުރަތަމަ ލީޑު ނެގީ 25 ވަނަ މިނެޓްގައި އަލާމޫ އެވެ. މަހިބަދޫގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނިއުގެ ބިދޭސީ ފޯވަރޑް އިނގިރޭސި ވިލާތުގެ އަލާމޫ ގޯލު ކާމިޔާބު ކުރީ ފަސޭހަކަމާއެކު އެވެ. ނަމަވެސް މިލަނޑަށްފަހު މަހިބަދޫގެ ކުޅުން ރަނގަޅުކޮށް މާގިނަ އިރެއް ނުވެ ނަތީޖާ ހަމަހަމަ ކުރީ އެޓީމުގެ ބްރެޒިލް ފޯވަރޑް އެންޑަސަންއެވެ.

މަހިބަދޫއިން އެއްވަރު ކުރުމުން ނިއުއިން އިތުރު ހިތްވަރެއްލައި ގޯލެއް ޖަހަން މަސައްކަތް ފެށިއެވެ. އަދި ފުރަތަމަ ހާފުގައި ހަމްޒާ ގެ ބަދަލުގައި ކުޅެން އެރުވި ޒުވާން ކުޅުންތެރިޔާ ސުހެއިލް (ބަމްބުޗް) ވަނީ ގޯލެއް ކާމިޔާބުކޮށް ނިއުއަށް ލީޑު ނަގައިދިނެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން އަނެއްކާވެސް މަހިބަދޫއިން ވަނީ ގޯލެއް ޖަހައި އެއްވަރު ކޮށްފައެވެ.

ނިއު އިން ތިންވަނަ ފަހަރަށްވެސް ލީޑު ނެގީ މަހިބަދޫ ކުޅުންތެރިންނަށް ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ސާފުކޮށްނުލެވިގެން އުޅެނިކޮށް އަލާމޫއެވެ. އަދި އޭނާގެ ހެޓްރިކް ފުރިހަމަކޮށް ނިއުއަށް މޮޅު ޔަގީން ކޮށްދިނީ މެޗު ނިމެން ދަނިކޮށެވެ.

ގްރޫޕްގެ ފަހު މެޗުގައި މާދަމާ ޓީސީއާ ބީޖީ ބައްދަލު ކުރާއިރު ދެޓީމަށްވެސް ސެމީގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މެޗު އެއްވަރުކޮށްލައިގެން ވެސް ޓީސީއަށް ސެމީއަށް ދެވޭނެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com