twitterviber whatsapp telegramfacebookyoutube instagram
4th September 2025

“އިއްޔެގެ މެޗަކީ ހުތުރު މޮޅަކުން ލިބުނު ރީތި ބައްޔެއް” މަހިބަދޫ

Sep 22, 2015

ޕްރެޒިޑެންޓްސް ކަފްގެ ކުޅުދުއްފުށީ ގުރޫޕްގައި އިއްޔެ ނިއުރޭޑިއަންޓާއި މައިބަދޫ ބައްދަލުކޮށް 4-2 މަހިބަދޫ ބަލިވި މެޗަކީ ހުތުރު މޮޅަކުން ލިބުނު ރީތި ބައްޔެއް ކަމަށް މަހިބަދޫގެ ކޯޗް ސްޓައިކޯފް ބުނެފި އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްޓައިކޯފް ބުނީ މެޗުކުޅުނީ އެއްވެސް ޕްރެޝަރެއް ނެތިކަމަށާއި މަހިބަދޫ ކުޅުނީ އެމީހުންގެ އެންމެ މަތީލެވެލްގަ ކަމަށެވެ.

މަހިބަދޫ ކޯޗު ބުނީ މަހިބަދޫގެ ޓީމަކީ ދަސްކުރަމުން އަންނަ ޓީމެއްކަމަށާއި ޒުވާން ކުޅުންތެރިން ހުނަރު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ނިއުގެ ކޯޗު ސޮބާ ބުނީ ނިއުކުޅެން ކޮންމެ ޓީމެއް ނުކުތަސް ނުކުންނަނީ އިތުރު ހިތްވަރެއްލައިގެން ކަމަށާއި މިއަދު ފެނިގެންދިޔައީ ނިއުގެ ކުޅުންތެރިން ކުރި ހިތްވަރު ކަމަށެވެ

ސޮބާހު އިތުރަށް ފާހަގަކުރި ގޮތުގައި ސެމީގަ މާޒިޔާ ނޫނީ އީގަލްސްއާ ކުޅެންޖެހުނަސް މައްސަލައެއް ނެތް ކަމަށާއި ތަށި ބޭނުން ކަމަށް ވާނަމަ ކޮންމެވެސް  އެއްޓީމެއް ބަލިކުރަން ޖެހޭނެ ކަމަށާއި ބޭނުމީ ތަށިކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355