twitterviber whatsapp telegramfacebookyoutube instagram
25th May 2026

ކުޅުދުއްފުއްޓަށް އުފަން ކުރީގެ ބާރު ދުވުންތެރިޔާ އަލުން ޓްރެކަށް

Oct 12, 2015

ކުޅުދުއްފުޓަށް އުފަން ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ އަޒްނީމް އަހުމަދު(އައްޒަ)، ގުޑްލަކް، އަހަރުތަކެއްގެ މެދު ކެނޑުމަށްފަހު އަލުން ދުވަން ފަށައިފި އެވެ.

އައްޒަ ރަސްމީކޮށް ދުވަން ނުކުމެފައި ވަނީ މިދިޔަ ހަފުތާގައި އޮތް ގައުމީ އެތުލެޓިކްސް މުބާރާތުގަ އެވެ.

އަމިއްލަ ސަބަބުތަކާ ހެދި 2012 ވަނަ އަހަރު ޖެމެއިކާގައި ތަމްރީން ހެދުމަށް ފަހު ދުވުން ހުއްޓާލި އައްޒަ އަކީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރާއްޖޭން ލޯ މެޑަލް ހޯދައިދިން އެތުލީޓެކެވެ. މީގެ އިތުރުން އައްޒަ ވަނީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް ހޯދަފައި އެވެ.

މިދިޔަ ހަފަތާގައި ބޭއްވުނު ގައުމީ އެތުލެޓިކްސް މުބާރަތުގައި އައްޒަވަނީ 100 މީޓަރުގެ ދުވުމުން ސާއިދުގެ ފަހަތުން 11.23 ސިކުންތެރޭ ދެވަނަ ހޯދަފައި އެވެ.

އައްޒަ އަލުން ފަށާފައި ވަނީ ސައުތު އޭޝިއަން ގޭމްސް ސްކޮޑުން ފުރުސަތު ހޯދުމަށް ކަމަށާއި ގައުމީ މުބާރާތުގެ ނަތީޖާއަށް ބަލާއިރު ފުރުސަތު ލިބޭނެ ކަމުގެ އުންމީދު އޮތް ކަމަށް ހަވީރު ނޫހާ ހަވާލާދީ އައްޒަ ބުނެފައި އެވެ.

އައްޒަ ވަނީ 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްގައި ރާއްޖޭގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލާ އޮލިމްޕިކްސްގެ އިވެންޓެއްގެ ޕްރިލިމިނަރީ ބުރުން ފުރަތަމަ ބުރަށް ކޮލިފައިވި އެތުލީޓުގެ ޝަރަފް ވެސް ހޯދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355