twitterviber whatsapp telegramfacebookyoutube instagram
20th December 2025

ށ. ޅައިމަގުގެ ކުޅުންތެރިޔަކު ލައިސްމަނަށް ހަމަލާދީފި

Oct 14, 2015

އިއްޔެ ށ.ފުނަދޫގައި ކުރިޔަށް ދިޔަ މިނިވަން 50 މުބާރާތުގައި މެޗު ކުޅެމުން ދިޔަ ވަގުތު ޅައިމަގު ކުޅުންތެރިޔަކު ލައިސްމަނަށް ހަމަލާދީފި އެވެ.

ފުނަދޫ އާއި ޅައިމަގު ބައްދަލުކުރި މި މެޗުގައި އިއްޔެ ހަމަލާދިން ކުޅުންތެރިޔާ ވަނީ ފުލުހުން ވަގުތުން ހައްޔަރު ކޮށްފައި އެވެ.

މަންޒަރު ދުށް މީހަކު “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން ބުނީ އިއްޔެ ހަމަލާދީފައި ވަނީ ރަތް ކާޑު ދައްކާ ދަނޑުން ބާލުވާފައި ހުރި ޅައިމަގު ޓީމުގެ ކުޅުންތެރިޔެއް ކަމަށެވެ. އަދި ހަމަލާ ދީފައި ވަނީ ފެންފުޅިއަކުން ލައިސްމަނުގެ ބޮލަށްކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ މި ހަމަލާ ދީފައި ވަނީ މެޗުގެ އިތުރު ވަގުތުގައި ކުޅެމުންދަނިކޮށް ކަމަށާއި ހަމަލާ ދިނުމުން މެޗު ވަގުތުން ހުއްޓާލި ކަމަށެވެ.

ލައިސްމަނަށް ހަމަލާ ދިނުމުން ވަގުތުން ފުނަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވިފައި އެވެ. ނަމަވެސް ލައިސްމަނަށް ސީރިއަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އޭނާ ބުންޏެވެ.

އިއްޔެ ކުޅުނު މި މެޗުގައި 0-5 ން ފުނަދޫ ޓީމުން ވަނީ މެޗު ކާމިޔާބު ކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355