twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރެޑްބުލް ވިނިން ފައިވް މުބާރާތް ކުޅުދުއްފުށީގައިވެސް ބާއްވަނީ

Oct 18, 2015

ރެޑްބުލްއިން އިންތިޒާމްކޮށްގެން ބާއްވާ ފައިވް އަ ސައިޑް ފުޓްބޯޅަ މުބާރާތް ‘ރެޑްބުލް ވިނިންގް 5′ ގެ ކުޅުދުއްފުށީގެ ކޮލިފައިން ބުރު އަންނަ މަހު 6 ން 7 އަށް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ނޮކް އައުޓްގެ އުސޫލުން ކުޅެވޭ މި މުބާރާތް ރާއްޖޭގެ 9 ސަރަހައްދެއްގައި ފެށުމަށް ހަމަޖެހިފައި ވެއެވެ. އެެއީ ހދ ކުޅުދުއްފުށި، ބ.އޭދަފުށި، ސ.ފޭދޫ، ޏ.ފުވައްމުލަށް، ގދ.ތިނަދޫ ގއ.ވިލިނގިލި، ޅ.ނައިފަރު، ކ.ކާށިދޫ އަދި ކ.މާލޭގައި އެވެ.

އެގޮތުން ފުވައްމުލަކާއި އޭދަފުށި އަދި ފޭދޫގެ ކޮލިފައިން މުބާރާތް ވަނީ މިދިޔަ މަހު ފަށާފައި އެވެ.

ކުޅުދުއްފުށި ކޮލިފައިން މުބާރާތުގައި ބައިވެރިވުމަށް މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް އިތުރު ކުރެވިފައިވާނޭ ކަމަށާއި މިހާތަނަށް 20 ޓީމަކުން ބައިވެރިވެއްޖެ ކަމަށް ރެޑްބުލްގެ ކުޅުދުއްފުށި ޕާރޓްނާ ޝޮޕް ޔޫރޯ ސްޓޯރ އިން ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދިނެވެ.

އަދި ކުޅުދުއްފުށީން ކޮލިފައިވާ 2 ޓީމަކަށް ޑިސެމްބަރު 21 ވަނަ ދުވަހު މާލޭގައި އޮންނަ ބޮޑު މުބާރާތަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޔޫރޯ ސްޓޯރ އިން ބުންޏެވެ.

ކޮލިފައިން މުބާރާތުގައި މާލެގައި ގިނަވެގެން 128 ޓީމު ހޮވޭނެ އެވެ. އަދި މާލެ ފިޔަވައި އެހެން ކޮންމެ ސަރަހައްދަކުން ހޮވާލެވޭނީ ގިނަވެގެން 32 ޓީމެކެވެ.

ރެޑްބުލްއިން މި މުބާރާތް އަންނަނީ 2013 އަހަރުން ފެށިގެން ބާއްވަމުންނެވެ. އަދި އަހަރަކަށް ފަހު އަހަރެއްގައި މި މުބާރާތަށް ލިބޭ ތަރުހީބުވެސް އަންނަނީ ބޮޑުވަމުންނެވެ.

އެގޮތުން 2013 ވަނަ އަހަރުގައި 64 ޓީމަކު ބައިވެރިވެފައި ވާ އިރު 2014 ވަނަ އަހަރު 256 ޓީމުން ވަނީ ބައިވެރި ވިއެވެ. އަދި ލަފާކުރެވޭގޮތުގައި މި އަހަރު 500އެއް ހާ ޓީމުން ބައިވެރިވާނެ ކަމަށް ރެޑްބުލްއިން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައި ވާ މި މުބާރާތުގެ މޮޅުވާ ޓީމުގެ 5 ކުޅުންތެރިންނަށް އިނާމެއްގެ ގޮތުގައި ބްރެޒިލްއަށް ދިޔުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ރެޑްބުލް ވިނިންގް 5 ގެ ޗެމްޕިޔަންކަން މިދިޔަ އަހަރު ހޯދާފައި ވަނީ އެލްޕީ އަންޑަ ޑޯގްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355