twitterviber whatsapp telegramfacebookyoutube instagram
1st May 2024

މިނިވަން 50 ފުޓްބޯޅަ މުބާރާތް: މާދަމާގެ މެޗުގައި ކުޅުދުއްފުއްޓާ ދެކޮޅަށް ނޮޅިވަރަމް

Oct 15, 2015

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ހދ އަތޮޅުގައި ކުޅޭ ފުރަތަމަ މެޗު މާދަމާ ކުޅޭގޮތަށް ހަމަޖެހިއްޖެއެވެ.

ހދ އަތޮޅު މިމުބާރާތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަމެވެ.

ތިން ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދާނީ ރަށްތަކުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުންނެވެ.

އެގޮތުން މާދަމާ މި ދެ ޓީމް ބައްދަލުކުރާ ފުރަތަމަ މެޗް ކުޅޭނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ ހަވީރު އެވެ. ދެވަނަ މެޗުގެ ކުޅޭނީ ނޮޅިވަރަމްގައި މިމަހު 23 ވަނަ ދުވަހު ހަވީރު އެވެ.

ދެވަނަ ބުރު ޒޯންތަކުގެ މެދުގައި ކުރިއަށް ގެންދިއުމަށް ފަހު ތިން ވަނަ ބުރު ކުޅޭނީ ހދ. ކުޅުދުއްފުށްޓާއި އައްޑޫގަ އެވެ. އަދި އެއަށް ފަހު ސެމީ ފައިނަލާއި ފައިނަލު މެޗު ކުޅޭނީ ވެސް އައްޑޫގަ އެވެ.

މިދިޔަ އަތޮޅު މުބާރާތުގައި ހަނިމާދޫ ސާއްބަ އާއި ނޮޅިވަރަމް ބައްދަލުކުރި މެޗެއްގެ ތެރެއިން–

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ ބޮޑު އިނާމެއް ދިނުމުގެ އިތުރުން އަންނަ އަހަރުގެ ގައުމީ މުބާރާތުން ޖާގަ ދޭނެ އެވެ.

މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދު ދުވަސްތަކުގަ އެވެ. މިކަމުގެ ސަބަބުން ގިނަ ކުޅުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެފްއޭއެމުން ދެކެ އެވެ.

މި މުބާރާތުގައި މި ފަހަރު 79 ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355