twitterviber whatsapp telegramfacebookyoutube instagram
4th September 2025

ޕްރެޒިޑެންޓް ކަޕް ނޯތު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މިއަހަރުވެސް އިހަވަންދޫ ޕޯލް ސްޓަރއަށް

Oct 20, 2015

ޕްރެޒިޑެންޓް ކަޕް ނޯތު ވޮލީބޯޅަ މުބާރާތުގެ ތަށި މިއަހަރުވެސް އިހަވަންދޫ ކްލަބް ޕޯލްސްޓަރ އުފުލާލައިފި އެވެ.

ހއ. ބާރަށުގައި މިއަދު ހަވީރު ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލް މެޗުގެ ތަށި މިދިޔަ އަހަރުގެ ޗެމްފިއަން ޕޯލްސްޓަރ އިން އުފުލާލީ ދިއްދޫ ޓީނޭޖް ބޯއީސް އާ ވާދަކޮށްގެން ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.

ފުރަތަމަ ސެޓް 25-22 ގެންދިޔައިރު ދެވަނަ ސެޓް ގެންދިޔައީ 25-14 ނެވެ. އަދި ފަހު ސެޓް ކާމިޔާބުކުރީ 25-23 ނެވެ.

މި މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނިފައިވަނީ އިހަވަންދޫ ޕޯލްސްޓަރގެ ފާތިމަތު ތަހޫރާ އާއި 9 ލީލާ ހާމިދާއި ނާޒިމާ އަބްދުލްވާހިދާއި އައިމިނަތު އަހުމަދާއި ޝަފީޤާ މުހައްމަދުގެ އިތުރުން ދިއްދޫ ޓީނޭޖް ބޯއީސްގެ އައިޝަތު މާޖިދާ އާއި މުރައިދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އައިޝަތު ޝިފާނާއެވެ.

މުބާރާތުގައި ޓީމަށް އެންމެ ފައިދާހުރި ކުޅުމެއް ދެއްކި ކުޅުންތެރިޔާގެ މަގާމު ހޯދީ އިހަވަންދޫ ޕޯލްސްޓަރ ފާތުމަތު ތަހޫރާ އެވެ. 19 އަހަރުންދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިއްދޫ ޓީނޭޖް ބޯއީސްގެ އައިޝަތު އިބާދާއެވެ.

އަދި 21 އަހަރުންދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ މުރައިދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ޝަމީނަތު ހުސައިންއެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ދިއްދޫ ޓީނޭޖް ބޯއީސްގެ ކޯޗް އިބްރާހީމް ޖަލީލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355