twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޤައުމީ ހޭންޑްބޯލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ކުޅުދުއްފުށީ ޒުވާނެއް

Nov 4, 2015

ގައުމީ ހޭންޑް ބޯލްގެ އަންހެން އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ކުޅުދުއްފުއްޓަށް އުފަން ނާހިދާ އަހުމަދު, ދުންފިނިގެ ހިމެނިއްޖެއެވެ.

ޓީރެކްސް ސްޕޯރޓްސް ކުލަބުގެ ނާހިދާ ވަނީ މިމުބާރާތުގައި އަންހެން އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައި އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ޔޫތު ސްޕޯރޓްސް ކުލަބާ ބައްދަލުކޮށް ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ނާހިދާ ވަނީ މޮޅު ކުޅުމެއް ދައްކުވައިދީފައިއެވެ.

ނާހިދާ މެދުގައި ބައެއް އެހެން ކުޅުންތެރިންނާއެކު–

މި މުބާރާތުގެ އަންހެން ޑިވިސަންގެ ފައިނަލް މެޗުގައި ޓީރެކްސް ސްޕޯރޓްސް ކުލަބާއި ޔޫތު ސްޕޯރޓްސް ކުލަބު ބައްދަލުކޮށްގެން 21-12 އިން މެޗު ކާމިޔާބުކޮށްފައި ވަނީ ޔޫތް ސްޕޯރޓްސް ކުލަބެވެ. އަދި މުބާރާތުގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ޔޫތު ސްޕޯރޓްސް ކުލަބުގެ ފާތުމަތު ރިޝްމާއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިސަންގެ ފައިނަލް މެޗުގައި ޕޮލިސް ކުލަބާއި ކުލަބު އޯލްސްޓަރ ބައްދަލުކޮށް 29-24 އިން ކުލަބު އޯލްސްޓަރ ވަނީ ކާމިޔާބުކޮށްފައި އެވެ.

މި މުބާރާތުގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވަނީ ކުލަބު އޯލް ސްޓަރގެ ނާއިލް އަލީ ނާހިދު ހޯދާފައިއެވެ.

2007 ވަނަ އަހަރުގެ ޑިސެމަބަރު މަހު އުފެދުނު ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން މި މުބާރާތް ބޭއްވުނު މިއީ ތިންވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355