twitterviber whatsapp telegramfacebookyoutube instagram
1st May 2024

ރެޑްބުލް ވިނިން ފައިވް ކުޅުދުއްފުށި ރައުންޑްގެ ޗެމްޕިއަންކަން ޒިގްޒެގްއިން ހޯދައިފި

Nov 7, 2015

ރެޑްބުލް ވިނިން ފައިވްގެ ކުޅުދުއްފުށި ރައުންޑްގެ ޗެމްޕިއަންކަން ޒިގްޒެގްއިން ހޯދައިފި އެވެ.

އިއްޔެ ކުޅުދުއްފުށީ ފުޓްސަލް އެރީނާގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގްއިން ހޯދީ ޓީމް ސްޓޯންއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އެހެންކަމުން ޒުވާން ކުޅުންތެރިން ތަކެއްގެ މައްޗަށް އެކުލެވޭ ދެ ޓީމު ކަމަށްވާ ޒިގްޒެގް އަދި ޓީމް ސްޓޯން ވަނީ ރެޑްބުލް ވިނިން ފައިވްގެ ރާއްޖޭގެ ފައިނަލް ރައުންޑަށް ކޮލިފައިވެފަ އެވެ.

ރެޑްބުލް ވިނިން ފައިވްގެ ރާއްޖޭގެ ފައިނަލް ބުރު އޮންނާނީ ޑިސެންބަރު މަހުގެ 10 އަދި 11 ވަނަ ދުވަހު މާލޭގަ އެވެ. މި ޗެލެންގައި ރާއްޖޭން އެއްވަނަ ހޯދާ ޓީމަކަށް ބުރެޒިލް އަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޗެމްޕިއަން ޒިގްޒެގް

 

ޖުމްލަ 31 ޓީމު ވާދަކުރި ކުޅުދުއްފުށި ރައުންޑްގައި ރަށުން ބޭރުން 6 ޓީމެއް ބައިވެރިވެފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އެއީ ހަނިމާދޫ 4 ޓީމެއްގެ އިތުރުން ނޮޅިވަރަމްގެ ޓީމަކާއި ފިނޭގެ ޓީމެކެވެ.

ރެޑްބުލް ވިނިން ފައިވް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދައިފައިވާ މުބާރާތެކެވެ. މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު މި މުބާރާތުގައި 181 ޓީމަކުން ޖުމްލަ 905 ކުޅުންތެރިން ބައިވެރިވި އެވެ.

މާލެ އާއި ކުޅުދުއްފުށީގެ އިތުރުން ކޮލިފައިންގެ ބުރުތައް މުޅިން އަލަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ރަށްތަކަކީ ބ. އޭދަފުށި، އައްޑޫ ސިޓީ، ޅ. ހިންނަވަރު އަދި ކ. ކާށިދޫގަ އެވެ. މިދިޔަ އަހަރުވެސް ރެޑްބުލް ވިނިން ފައިވް ބޭއްވުން ރައްތަކުގެ ތެރެއިން، ގދ. ތިނަދޫ، ގއ. ވިލިނގިލި، ސ. ފޭދޫ އަދި ޏ. ފުވައްމުލަކުގައި ވެސް މިއަހަރު މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355